ޚަބަރު އިޖުތިމާޢީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 867،410 ސިނގިރޭޓް ނައްތާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ނައްތާލަނީ / ފޮޓޯ:ކަސްޓަމްސް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފަހައްޓައި އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި 867،410 ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނައްތާލައިފި އެވެ.

Ads by MWSC

ކަސްޓަމްސްއިން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ނައްތާލާފައިވާ ކަމަށެވެ. އެތެރެ ކުރުން މަނާ ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކަސްޓަމުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ:

  • 3،496 ބަނގުރާ (ފުޅި)
  • 763 ބިއަރު (ދަޅު)
  • 32 ބަނގުރާ އެކުލެވޭ ތަކެތި (ފްލާސްކް، ޗޮކްލެޓް، ޕެކެޓް)
  • 162.58 ކިލޯ ދުންފަތް/ދުންބޯ ފަތް
  • 867،410 ސިނގިރޭޓް/ބިޑި (ސްޓިކް)
  • 137 ކިލޯ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު
  • 43 ސިންގަލް ޔޫސް ޕްލާސްޓިކް ތަށި، ފުޅި، ހޮޅި (ޕީސް)

މި ތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސްއިން ތަކެތި ނައްތާލުމުގައި އާންމުކޮށް އަމަލުކުރަން އަންނަ އުސޫލުގެ ދަށުންނެވެ. އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.