ޚަބަރު އިޖުތިމާޢީ

ހުޅުމާލޭގައި އިއްޔެ އާ ރޭގައި ދެ އެކްސިޑެންޓެއް، އެކަކަށް އަނިޔާވި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެ ފުރަތަމަ ފިޔަވަހި / ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގައި އިއްޔެ އާއި ރޭގައި ދެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

Ads by MWSC

މީޑިއާތަކަށް ފޮނުވި މެސެޖުތަކެއްގައި ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަަމަށެވެ. މި އެކްސިޑެންޓް ހިނގީ ނިރޮޅުމަގު އާހިޔާ ކައިރީގައި ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ.

ސައިކަލު ކޮންޓްރޯލް ނުވެ، އެ މަގުން އައި އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހަވީރު 04:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ދެ ފަރާތުން ވާހަކަ ދައްކައިގެން ވަނީ ހައްލުކޮށްފަ އެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ދެ ވަނަ އެކްސިޑެންޓެއް ހުޅުމާލޭގައި ހިނގާފައި ވަނީ ރޭ 12:00 ހާއިރު ކަމުގަ އެވެ. މި އެކްސިޑެންޓް ހިނގީ ބަގީޗާ ހިނގުން އުރީދޫ ބިލްޑިން ކައިރީގައި ސައިކަލެއް އަނބުރާލަން އުޅުމުގެ ތެރޭގައި ކަމުގަ އެވެ.

ސައިކަލު އަނބުރާލަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވެއްޓުމާ ގުޅިގެން އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!