ޚަބަރު އިޖުތިމާޢީ

ޑްރަގު އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

Ads by Hajj Corporation

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހުގައި ކަމަށެވެ.

އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވައިރު، ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ، ވެހެތާނުގެ، އަބްދު ﷲ ސޯދިގު (65އ) އެވެ.

އޭނާ ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 349 ގްރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.