ދުނިޔެ

ކޮވިޑް19: އެއް ހަފްތާ ތެރޭގައި ބައްޕައާއި ދަރިފުޅު ނިޔާވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޖޯޑަން: ކޮވިޑް19 ޖެހިގެން އެއް ހަފްތާ ތެރޭގައި  ޖޯޑަންގެ ބައްޕައަކާއި އޭނާގެ ދަރިފުޅު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ޖޯޑަންގެ މީޑިއާ ބުނާ ގޮތުގައި 37 އަހަރުގެ ދަރިފުޅު މުޙައްމަދު އިބްރާހީމް މުޙައްމަދު ޖޫދާ ނިޔާވީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭގެ ފަހުން އޭނާގެ ބައްޕަ މުޙައްމަދު ޖޫދާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިޔާވެފައެވެ.

މުޙައްމަދު އިބްރާހީމް އަކީ ކުރިން ޞިއްޙީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށާއި ނަމަވެސް ފުރާނައަށް ނުރައްކާވީ ކޮވިޑް ޖެހި އޭނާ އަށް ނިއުމޯނިޔާ ޖެހުމުން ކަމަށް އޭނާއަށް ފަރުވާ ދިން ޕްރިންސް ހަމްޒާ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ނިއުމޯނިޔާ ޖެހުމުން އޭނާގެ ފުއްޕާމެއާއި ކިޑްނީ ވެސް ފެއިލްވި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޖޯޑަންއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވަނީ 2478 މީހުންނަށެވެ. އޭގެ ތެރެއިން 1817 މީހުންނަށް ޝިފާ ލިބިފައިވާއިރު ނިޔާވީ 17 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!