ޚަބަރު އިޖުތިމާޢީ ސަރުކާރު

މަތީ ތައުލީމަށް 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކޮލެޖެއްގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން

ފުރަތަމަ ޑިގްރީ، ސްކޮލާޝިޕް ސްކީމް އަދި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމާއި ތަމްރީނަށް ޖުމްލަ 689،663،352ރ ހަރަދުކޮށްފި އެވެ.

Ads by MWSC

ސަރުކާރުން ހިންގާ "ސަރުކާރު" ވެބްސައިޓްގައި ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ޝާއިއުކުރި ހަބަރެއްގައި ބުނީ އެ އަދަދަކީ މަތީ ތައުލީމު ހާސިލް ކުރަމުންދާ 13،866 ދަރިވަރުންނަށް މަލީ އެހީފޯރުކޮށް ދިނުމުގެ ގޮތުން ކޮށްފައިވާ ހަރަދު ކަމަށެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށް ހަޔާ އެޑިޔުކޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތައް ގައުމެއްގެ އެންބަސީތަކާއި، ޔުނިވާސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުސަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ދަނީ ސޮއިކުރަމުންނެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެތަށް މަސައްކަތްތަކެއްވެސް މިނިސްޓްރީ ދަނީ ކުރަމުންނެވެ.

އެގޮތުން، ލޯނު ސްކީމާއި، ފުރުތަމަ ޑިގްރީ އަދި ސްކޮލަޝިޕް ސްކީމްތަކާއި ގުޅޭ އިދާރީ މަސައްކަތްތަކާއި، ބޭރު ގައުމުތަކުގެ އެންބަސީ އަދި ޔުނިވާސިޓީތަކާއި ބައްދަލުކޮށް، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ހޯދައި، އެކަންކަމާ މެދުވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

Ads by Allied Insurance