ޚަބަރު

ރާއްޖެއިން ކޮވިޑް ފެނުނުތާ 186 ދުވަސް: ގިނައިން ބަލި ޖެހިފައިވަނީ ދިވެހިންނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް19 އެންމެ ގިނައިން ޖެހިފައިވަނީ ދިވެހިންނަށް ކަަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 5582 ދިވެހިންނާއި 3252 ބިދޭސީއެކެވެ.

އަދި މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 2580 މީހަކު އެބަތިއްބެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 2509 ގައެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 93 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 67 ދިވެހިންނާއި 26 ބިދޭސީއެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8834 އަށް އަރާފައެވެ.

އުމުރުފުރާއަށް ބަލާލާއިރު، އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އަންހެހުންނަށްވުރެ ގިނައިން ފިރިހެނުންނަށް ކޮވިޑް ޖެހިފައިވަކަން ފާހަގަ ކޮށްލެއެވެ. މިގޮތުން، ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ 69.99 އިންސައްތަ އަކީ ފިރިހެނުންނެވެ.

އަދި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 127 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެނެވެ.

ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 6288 މީހެކެެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 31 މީހަކު ނިޔާވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!