ދުނިޔެ

28 މިލިޔަން މީހުންނަށް ކޮވިޑް ޖެހިއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރޭ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

28 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިއްޖެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޖުމްލަ 28,022,276 މީހަކަށް ކޮވިޑް ވަނީ ޖެހިފައެވެ.

Ads by Sosun Fihaara

ކޮވިޑް ޖެހުނު މީހުންގެ އަދަދު 28 މިލިޔަނަށް އެރި ނަމަވެސް، މިހާތަނަށް 20,100,662 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މުޅި ދުނިޔޭގައި މިހާރު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ، 7,013,614 މީހުންނަށެވެ، މީގެ ތެރެއިން، 60,538 މީހުންގެ ހާލު ސީރިޔަސްއެވެ. މިއީ ބަލި ޖެހުނު މީހުންގެ 1 އިންސައްތައެވެ. އަދި 908,000 މީހަކު ވަނީ މިބަލީގައި މަަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 4 އިންސައްތަ މީހުންނެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ކޮންމެ އެއް މިލިޔަކުން، 3,595 މީހުންނަށް މިހާރު ކޮވިޑް ޖެހިފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު، އެންމެ ގިނަ މީހުން އެއްޤައުމަކުން ކޮވިޑަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. މިގޮތުން 6,549,475 މީހަކު އެމެރިކާއިން އެކަނި ކޮވިޑަށްވަނީ ފައްސިވެފައެވެ. އަދި 195,239 މީހަކުވަނީ ކޮވިޑް ޖެހިގެން މަރުވައެވެ.

ދެވަނައަށް އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަވައްޓެރި އިންޑިޔާއިންނެވެ. މިގޮތުން 4,462,965 މީހަކަށް އިންޑިޔާއިން މިބަލިޖެހިފައިވާއިރު، ތިންވަނައިގައި އޮތް ބްރެޒިލް އިން 4,199,332 މީހަކަށް މިބަލި ޖެހިފައިވެއެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހިފައިވަނީ 8,834 މީހަކަށެވެ. އަދި 6,288 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!