ޕިކަޕް ބެޓަރީ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ޕިކަޕްތަކުން 12 ބެޓެރީ ވަގަށް ނެގި މައްސަލާގައި ދިވެހި ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
މީޑީއާ ގްރޫފަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 6:45 ކަންހާއިރު، ފަރީދީމަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި ޕިކަޕުގެ ބެޓެރިކަތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ
ސ. މަރަދޫފޭދޫ މާކަރީ ލައިޓް، އަލީ އަހުސަން (32އ) އަދި ސ.ފޭދޫ/ އަނަސް، މުހައްމަދު ނީޒާދު (43އ) އެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު މީހުންގެ އަގު ބޮޑެތި މުދާ ވަގަށް ނަގައިގެން ނުއަގުގައި ވިއްކަމުން ދަނިކޮށް މީގެ ކުރިން މީހުން ހައްޔަރުކޮށްފައިވެ އެވެ.
ޙައްލަކީ ޢުމަރު……!