މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް: އާދަމް ޝަރީފް އުމަރު
![](https://dhen.mv/wp-content/uploads/2020/09/20200910_174318-850x548.jpg)
މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދެވަނަ ފަލަސްތީނަކަށް މިޤައުމުވާން ދޫކޮށް ނުލެއްވުމަށް ގޮވާލައްވަމުން މެންބަރު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަންނަން އޮތް ޖީލުތަކުގައި މިވަޠަންގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި އިސްލާމީ ވަޙުދަތު ރައްކާތެރި ކުރުމަށް ހުރިހާ ދިވެހިން އަތުގުޅާލުމަށެވެ.
މިފަސްގަނޑަކީ ބޮޑު ދެ ގެރި ތަޅާ މައިދާނަކަށް ވުމަކީ ބިރުވެރިކަމެއް ކަމުގައި ވެސް އެމްޕީ ޝަރީފު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އިޝާރާތް ކުރައްވާފައި މިވަނީ ސީދާ ކޮން ކަމަކަށް ކަމެއް ސީދާ ވިދާޅުވެފައި ނުވި ކަމުގައި ވިޔަސް އެ އިޝާރާތް ކުރައްވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލައާއި ގުޅިގެން ކަމަށް ބެލެވެއެވެ.
މި ދަނޑިވަޅަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކަކާއި އާއްމުންގެ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެކެވެ. އަދި މިއީ ދިވެހިންގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އޮތް ކަމެއްގެ ގޮތުގައި ގިނަ މީހުން ފާހަގަ ކޮށްފައިވެއެވެ.