ޚަބަރު

ކޮވިޑް-19: އަތޮޅުތެރޭގައި ބަލި ފެތުރެމުންދާތީ ސަމާލުވުމަށް ރައީސް އެދިވަޑައިގެންފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭ ސަރަހައްދުން މި ދުވަސްވަރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެކަމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެޗް.އޯ.އީ.ސީގެ އިސް ބޭފުޅުންގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

Ads by MWSC

ރައީސް މިއަދު ވަނީ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އޯ.އީ.ސީ) އަށް ޒިޔާރަތް ކުރައްވާފައެވެ. ރައީސް މިހެން ވިދާޅުވީ އެސެންޓަރަށް ޒިޔާރަތް ކުރައްވާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ  މައުލޫމާތު ސާފު ކުރައްވަމުންނެވެ. އަދި ހަމަ އެހެންމެ ސަރުކާރުންވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެ މަސައްކަތަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މިސެންޓަރަށް ކުރެެއްވި ޒިޔާރަތުގައި ވަނީ އެޗްއޯއީސީގައި މިއަދު މެންދުރު ކުރީގައި އޮތް ހެލްތު އެމަރޖަންސީ ކޯޑިނޭޝަން މީޓިންގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި ބައްދަލުވުމުގަައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ގިނަ ވުމަކީ ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމުގައެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭހެއް އެންމެ ފުރަތަމަ ފެނުނީ މީގެ 6 މަސް ދުވަސް ކުރިންނެވެ. ފާއިތުވެދިޔަ ދުވަސްްތަކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 8800 އަށްވުރެ މައްޗަށް އަރާފައެވެ.  ރާއްޖޭގައި މިހާތަނަށް 31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!