ގަމުގެ ފެނަކަ ބްރާންޗުގެ ކުރީގެ އިސް ވެރިއަކަށް ދައުވާކުރަން ފޮނުވައިފި
ލ.ގަމުގެ ފެނަކަ ބްރާންޗުެ ކުރީގެ އިސްވެރިއަކަށް ދައުވާކުރަން ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ދައުވާކުރަން ފޮނުވީ 2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ޙަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށް ކަމަށެވެ.
އެގޮތުން އޭނާ މަގާމުގެގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އޭސީސީން ބުނީ 2019 ވަނަ އަހަރު ފެނަކައިން ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ނަސްރުﷲގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.
އެހެންކަމުން ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގޭކަމަށް ބުނެފައި ވެއެވެ.
މަތިމަރަދޫގަ ގިނަ ވާނީ ވަގުން