ޚަބަރު ލައިފްސްޓައިލް

މަލުގެ ތާޒާކަން އަދިވެސް ގިނަ ދުވަހަށް ބެހެއްޓިދާނެ، ބޭނުންވަނީ ހަމައެކަނި އެސްޕިރިން ގުޅައެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މަލަކީ އެއިން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވާ އެއްޗެކެވެ. ހަދިޔާއެއްގެ ގޮތުގައި މީހަކު މަލެއް ނުވަތަ މާ ބޮނޑިއެއް ދިނުމުން ލިބޭ އުފަލަކީ ވެސް ޚާއްޞަ އުފަލެކެވެ. ހަމައެހެންމެ ގޭ ތެރޭގައި ނުވަތަ ގޯތީގައި މާ ގަސްތައް ހައްދާ އެގަސްތަކުގެ ތެރޭގައި ނުވަތަ ބަގީޗާގައި ހޭދަކޮށްލާ ވަގުތުތަކަކީ ދުޅަހެޔޮ ވަގުތު ތަކަކަށް ވެސް ވެގެންދެއެވެ. އެހެންކަމުން މަލަކީ ޚާއްޞަ އެއްޗެކެވެ. މަލެއް ލިބިއްޖެނަމަ އެ މަލުގެ ތާޒާކަމާއި މީރު ވަސް ގިނަ ވަގުތު ހިފެހެއްޓުމަށް ކޮންމެ މީހަކު ވެސް ބޭނުންވެއެވެ.

Ads by STELCO

މާޓުކުރީގައި ހުންނަ މާތަކުގެ ތާޒާކަން ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ "އެސްޕިރިން" ބޭސްގުޅަ ކޮޅެއްގެ އެހީގައި ދާދި ފަސޭހަ ކަމެކެވެ. މާ ޓުކުރީގައި ހުންނަ ފެނުގެ ތެރެއަށް "އެސްޕިރިން" ގުޅައެއް ވައްޓާލާށެވެ.

"އެސްޕިރިން" އަކީ މަލުގެ ކާނާއަކަށް ނުވިޔަސް އެ ބޭހުން މަލަށް އެތައް ފައިދާތަކެއް ކޮށްދެއެވެ. އެގޮތުން މަލެއް ނުވަތަ މާބޮނޑިއެއްގެ އުމުރަކީ ދެތިން ދުވަސް ނަމަވެސް މި ބޭހުގެ އެހީގައި އޭގެ އުމުރު ދިގުކޮށްދެއެވެ. ހަމައެހެންމެ ފެން އަޅާފައިހުންނަ މާ ޓުކުރިއެއްގެ ތެރެއަށް "އެސްޕިރިއަން" ގުޅައެއް ވައްޓާލުމުން މަލަށް ގެއްލުންދޭ ބެކްޓީރިއާތައް ފެނުގައި ދިރުމުގެ ފުރުސަތެއް ނޯވެއެވެ. އެހެންކަމުން މަލަށް ރައްކާތެރިކަން ލިބެއެވެ.

މަލާއި ، އަންހެން ކުދިންނާއި ގުޅުވުމަކީ ޝާއިރުންގެ ޝައުގެކެވެ. ތާޒާ,ވަސްމީރު މާތަކުގެ ވާހަކަ އެވެރިންގެ ޝުއޫރުތަކުގައި ގިނައެވެ. މި ފާހަގަކޮށްލީ އަސްލު މަލެއް ތާޒާކަން ނުވަތަ އުމުރު ދިގުކޮށްލެވިދާނެ ގޮތެކެވެ. ތަޖުރިބާ ކޮށްލައްވާށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!