ލައިފްސްޓައިލް

ފިނިފެންމާ ގަސް ހައްދަން ބޭނުންނަމަ މިގޮތަށް ކަންކަން ކޮށްލާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގަސް ހެއްދުމަކީ ވަރަށް ގިނަ ބޭފުޅުން ކުރާ ހިތްވާ އަދި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ފިނިފެންމާ ގަހަކީ ވަރަށް ގިނަ ބޭފުޅުން ހެއްދުމަށް ބޭނުންވާނެ ގަހެކެވެ. އެހެންކަމުން މިއޮތީ ފިނިފެންމާ ގަސް ހައްދަން ބޭނުންވާ ބޭފުޅުންނަށް އޮތް ގޮތެކެވެ.

Ads by MWSC

އެންމެ ފުރަތަމަ ފިނިފެންމާ ގަސް ހެއްދުމަށް ދޮންކެޔޮ ތޮށްޓަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ބޭނުން ކުރާނެ ގޮތަކީ، ދޮންކެޔޮ ތޮށި ވަޅުލުމަށް ޓަކައި، ގަހަށް ގެއްލުން ނުވާނޭ ގޮތަށް ގަސް ނަގާށެވެ. އެގޮތަށް ނަގާއިރު، ގަހުގެ މުލަށް އެއްވެސް ވަރަކަށް ގެއްލުން ނުވޭތޯ ބަލަންވާނެއެވެ. އެއަށް ފަހު ދޮންކެޔޮ ތޮށި ލާށެވެ. އަދި އޭގެ މައްޗަށް އިންދަން ބޭނުންވާ ގަސް ލާށެވެ. ނޫނީ ގޮފިގަނޑެއް ލިޔަސް އެއްވެސް މައްސަލައެއް ނެތެވެ.

ގަސް ހައްދާއިރުގައި ރަނގަޅު ބިމެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޮޑު ބިމެއް ލިބެން ނެތްނަމަ ރަނގަޅު ފަސްކޮޅެއް ލިބުމަކީ ވެސް ނަސީބެކެވެ. މާލޭގައި އުޅޭ ބޭފުޅުންނަށް އެކި ކަހަލަ ޓައްޕު ތަކުގައި ގަސް ހެއްދިދާނެއެވެ. އެހެންކަމުން، މާގަސް ހައްދަން ބޭނުންވާ ޓައްޕަކީ އެންމެ މަދުވެގެން 6 ގަޑިއިރު ވަންދެން އިރުގެ އަލި ލިބޭ ތަނަކަސް ވާން ވާނެއެވެ. އެހެނީ އިރުގެ އަލީގެ ސަބަބުން ގަހަށް ވަރަށް ބައިވަރު ފައިދާތަކެއް ލިބިގެން ދާތީއެވެ.

ގަސް ހައްދަން ބޭނުންވާ ޓައްޕުގައި ހުންނަ ފަހަކީ އާދައިގެ ފަހަށް ވެގެން ނުވާނެއެވެ. އެފަހަކީ ކަޅުކަން ގަދަ އަދި ބޮޑަށް ޗަކަ ވާ ފަދަ ފަސްގަނޑަކަށް ވާން ޖެހޭނެއެވެ. އެހެނީ އެފަދަ ތެތް އަދި ޗަކަ ފަސްގަނޑުން އެގަހަށް ލިބެންޖެހޭ އެކިކަހަލަ ކާނާ ލިއްބައިދޭތީއެވެ. ބައެއް ބޭފުޅުން ގަހުގެ ފަސްގަނޑަށް ބޭސް ވެސް އަޅައެވެ. އެހެން ނަމަވެސް މިދެންނެވީ ބޭހަކާ ނުލާ ގަސް ހެއްދިދާނެ ގޮތުގެ ވާހަކައެވެ.

ގަހަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެން ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމެވެ. އެހެން ނޫނީ ގަސް އަވަހަށް މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފެން ދޭން ވާނީ އެގަހެއްގެ ބޮޑު މިނަށް ބިމާ އެއްކޮށެވެ. އަދި ކޫޑި ފަދަ ދިރޭ ސޫފި ގަހުގައި އަޅާތޯ ވެސް ބަލަން ވާނެއެވެ. ގަސް ހެދެމުން އަންނަ ދުވަސްވަރު މިފަދަ ކަންކަމަށް ބޮޑަށް ސަމާލުކަން ދިނުމަކީ ފަހުން އެގަހަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ.

މިއީ ފިނިފެންމާ ގަސް ހެއްދުމަށް ލޯބިކުރާ ބައެއް ފަރާތްތަކަށް ބޭނުން ކުރެވިދާނެ ބައެއް ފަސޭހަ އުކުޅުތަކެވެ. މިފަދަ ކަންކަން ތަޖުރިބާ ކުރުމަކީ ކޮންމެ ދުވަހަކު ވެސް އާ ކަމެއް ކުރުމަށް ލިބިގެން ދާނެ ހިތްވަރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!