ލައިފްސްޓައިލް

ގަސް ހެެއްދުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދޭ ކަމެއް: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގަސް ހެއްދުމަކީ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެކަން ދިވެހީންގެ ތެރޭގައި ވަރަށް އާންމުވެ ގަސް ވިއްކާ ފިހާރަތަކުގައި ކިއު ދަމާލިއެވެ. އެތައް ފައިސާއެއް ހަރަދު ކޮށްގެން އެ ދުވަސްވަރު ކޮންމެ މީހަކު ވެސް ބެލީ ގޭތެރޭގައި ބަގީޗާއެއް ހަދާލެވޭތޯއެވެ. އެކިވައްތަރުގެ ގަހާއި ކެކްޓަސް ތަކުން މުޅި ގެ ޒީނަތްތެރި ކޮށްލެވޭތޯއެވެ.

Ads by MWSC

ގަސް ހެއްދުމަކީ އުފާވާ ކަމެއް ކަމަށް މީހުން ބުނެ އުޅެއެވެ. ފަހުގެ ދިރާސާ އަކުން ވެސް އެކަން މިވަނީ ސާބިތުވެފައެވެ. ގަސް ހެއްދުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދޭ ކަމެއްކަން މި ދިރާސާއިން ސާބިތުވެއެވެ.

ގަސް ހެއްދުމަށް ގިނަ ބަޔަކު ވަރަށް ގިނަ ވަގުތު ހޭދަ ކުރެއެވެ. އަދި އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެކަމުގެ ސަބަބުން ހަގީގަތުގައި ހެދެނީ ޗާލު ބަގީޗާއެއް އެކަންޏެެއް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ސިއްހަތަށް ވެސް ވަރަށް ބޮޑަށް ފައިދާވެއެވެ. އެގޮތުން ހަށިގަނޑުގެ ކެލޮރީސްތައް ދަށް ކޮށްދެއެެވެ. އެއް ގަޑިއިރު ވަންދެން ގަސްތަކަށް ފެންދިނުމުގައި އެކަނި ހުރެއްޖެ ނަމަ ވެސް ހަށިގަނޑުން 120 ކެލޮރީސް މަދު ކޮށްދެއެވެ.

ދިރާސާ

މި ދިރާސާ އަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ބްރިޓިޝް ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓަރގެ ހޯދުންތެރިންތަކެއް ހެދި ދިރާސާ އެކެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ގަސް ހައްދާ މީހުންނަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ވަރަށް ވެސް ބޮޑެވެ.

ހަމައެކަނި ދުވާލަކު އެންމެ 30 މިނެޓު ގަސް ހެއްދުމުގައި ހޭދަ ކޮށްލި ނަމަވެސް އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެދެވޭ އަަސަރެއް ކުރާ ކަމަށް މި ދިރާސާއިން ދައްކައެވެ. އަދި ގަސް ހެއްދުމަކީ ބޭކާރު ކަންކަމާ ވިސްނުމުން ތިމާ ދުރުކޮށްދީ ހާސްކަމުން ސަލާމަތް ކޮށްދޭ ކަމެއް ކަމަށް ވެސް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!