ލައިފްސްޓައިލް

ގަސް ހެއްދުމުގައި ވިސްނަންވީ ވަރަށް މުހިންމު 2 ކަމެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގަސް ހެއްދުމަކީ ގިނަ ބަޔަކު ފޫހި ކަމެއް ނެތި ކުރަމުން އަންނަ މަސައްކަތެކެވެ. ކުދި ކުދި ޓައްޕު ނުވަތަ ފުޅި ބުރީގައާއި ބޮޑެތި ހުސް ބިންތަކުގައެވެ. ތަރުކާރީ އަދި މޭވާ އާއި މާމެލާމެލިން ފުރާލައިފައި ވާ އެތައް ގަސްތަކެކެވެ. އެހެން ނަމަވެސް ގަސް ހެެއްދުމުގައި ވިސްނަންވީ ވަރަށް މުހިންމެ ދެ ނުކުތާއެއް ފާހަގަ ކޮށްލާނަމެވެ.

Ads by Hajj Corporation

ހުސް ބިމެއް ނަމަ ފަސް ގަނޑު ވީހާ ވެސް ޗަކަ އަދި ކަޅު ފަހުން ފުރާލައިފައި ބޭއްވުން ވަރަށް މުހިންމެވެ. އެހެނީ ކަޅު ފަސް ތެތް ކަމުގައި ވާނަމަ އެ ބިމުގައި ހައްދާ ކޮންމެ ވައްތަރެއްގެ ގަހެއް ނަމަވެސް، އެގަހަށް ބޭނުންވާ ޒަރޫރީ މާއްދާތައް އެ ފަސްގަނޑުގެ ގަހުގެ މޫތަކުގެ ޒަރިއްޔާއިން ލިއްބައިދޭނެއެވެ.

އަދި ގަސް ހެދި ބޮޑުވަމުން އަންނަ އިރު، ގަހަކީ ސިއްހަތު ރަނގަޅު އަދި ހެދި ބޮޑުވަމުން އަންނައިރު، ފެހިކަން ގަދަ ގަހަކަށް ވުމަށް ވެސް ބޮޑު އެހީއެއް ވެދޭ އެއްޗެއް ގޮތުގައި ފަސްގަނޑު ވެއެވެ.

ދެވަނައަށް ގަހަށް ބޭނުންވާ ވަރަށް ފެން ދިނުމާމެދު ވިސްނާލާށެވެ. އެހެނީ ގަސް ރީއްޗަށް ހެދި ބޮޑުކުރުމުގެ ނިޔަތުގައި ގަހަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެން އެޅިއްޖެ ނަމަ އިސާހިތަކު ގަސް މަރުވެދާނެއެވެ. އެހެންކަމުން ގަހުގެ ކުޑަ ބޮޑު މިނަށް ބަލައި ގަހަށް ބޭނުންވާ ވަރަށް ފެން އެޅުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

މިއީ ގަސް ހެއްދުމުގައި ގިނަ ބަޔަކަށް ފަރުވާ ކުޑަ ކޮށްލެވޭ ނުވަތަ ފަސޭހަ ކޮށްލެވޭ ވަރަށް މުހިންމު ދެކަމެކެވެ. މިފަދައިން ކަންތައް ކުރާ ކަމުގައި ވަނީ ނަމަ ގަސް ހެދި ބޮޑުވުމަށް ބޭނުންވާ ޒަރޫރީ މާއްދާ ތަކާއި، “ފޮޓޯސިންތިސިސް” ކުރުމަށް ގަހަށް ފަސޭހަވެގެން ދާނެއެވެ. އަދި އެކަމުގެ ސަބަބުން ގަސް ފޯދުމަށް މާ ދުވަހެއް ނުނަގާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!