މުނިފޫހިފިލުވުން

ގޭމް އޮފް ތްރޯންސް ގައި "އޮލެންނާ ޓައިރެލް" ގެ ރޯލުން ފެނިގެން ދިޔަ ތަރި މަރުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެޗްބޯއީއޯގެ ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" ގެ އޮލެންނާ ޓައިރެލް ރޯލުން ފެނިގެން ދިޔަ ތަރި  ޑޭމް ޑިއާނާ ރިގް އުމުރުން 82 އަހަރުގައި މަރުވެއްޖެއެވެ.

Ads by Hajj Corporation

ޑިއާނާ މަރުވެފައިވަނީ ކެންސަރު ބައްުޔަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

ޑިއާނާ މަރުވިކަން ހާމަކޮށް އޭނާގެ ދަރިފުޅު ރޭޗަލް ސްޓާލިން ބުނެފައިވަނީ އޭނާގެ މަންމަ މަރުވެފައިވަނީ އާއިލާ އާއެކު ނިދާފައި އޮއްވާ ވަރަށް ހަމަޖެހިގެން ކަމަށެވެ.

އަދި މަންމަ ގެ ފަހު ދުވަސްތައް މަތިން ހަނދާންކޮށް ރޭޗަލް ބުނެފައިވަނީ މަންމަ ދިން ނަސޭހަތްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ޑިއާނާ އަކީ މެޖެސްޓީ ސީކްރެޓް، އާއި ވިކްޓޯރިއާ އަދި މިސް ލުފްރޭގެ އިތުރުން ނިއު އެޑަޕްޝަން އޮފް އޯލް ކްރިއޭޗާ ފަދަ މަޝްހޫރު ފިލްމުތައް ކުޅުނު ތަރިއެކެވެ.

އަދި މިސް ޖޭމްސް ބޮންޑްގެ ލަގަބު ލިބުނު ހަމައެކަނި އަންހެން ތަރިވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!