ޚަބަރު އިޖުތިމާޢީ

ޒިއޯންމޮބައިލްސް ފިހާރައިން ވައްކަންކުރި މީހާގެ ބަންދަށް 20 ދުވަސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޒިއޯންމޮބަލްސް ފިހާރައިން ވައްކަން ކުރި މީހާ/ ފޮޓޯ:ފުލުހުން

މަޖީދީ މަގު ހުންނަ "ޒިއޯންމޮބައިލްސް 4" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި މީހާގެ ބަންދަށް 20 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

Ads by MWSC

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. މަރަދޫ/ ފިނިރޯޅި، އަހްމަދު ނިޔާޒް( 47އ) އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރިއިރު، އެ ފިހާރައިން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ 20 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ، އެ މައްސަލައާ ގުޅިގެން ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކަމަށެވެ.

އެ ފިހާރައިން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 5:35 ހާއިރު އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެކަކު ފިހާރަ ބިއްލޫރިގަނޑު ތަޅާލާފައި ދިޔަތާ އިރުކޮޅެއް ފަހުން މީހަކު އެތަނަށް ވަދެ، ވަތްގަނޑު ހާވައި ހަރުން ފޯނާއި އެހެނިހެން ތަކެތި ވަގަށް ނަގާ މަންޒަރެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by Ooredoo
  1. މުޙައްމަދު

    މި މާރަންދޫއަށް ފޫޅު ކެނޑި މީހެއް ނޫން. މި މާރަންދޫއަށް ރައްވެހި ވެގެން އުޅޭ ގއ. މީހެއް ބޯހަލާކު