ޗަމްޕާގެ ރިސޯޓުތަކުން ޑޮލަރު މާރު ނުކުރާނެކަން އަންގައިފި
ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރި ނަމަވެސް އެގޮތަށް އަމަލު ނުކުރާނެ ކަމަށް ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރަށް އަންގައިފި އެވެ.
އުއްޗު ސޮއިކުރައްވައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންދަން ތާއީދު ކުރައްވާ ކަމަށެވެ.
އެހެންނަމަވެސް ކޮންމެ ޓޫރިސްޓެއްގެ އަތުން 500 ޑޮލަރު ނެގުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ މިހާރު ވެސް ކުއްޔާއި ޓެކްސްތައް ރިސޯޓުތަކުން ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރުން ގެނައި ބަދަލުތަކާ އެކު އިންވެސްޓްމަންޓްތަކަށް އަސަރުކުރާނެ ކަމަށެވެ.
އުއްޗު އިތުރަށް ވިދާޅުވީ ސަރުކާރުން އެ ބަދަލުތައް ގެނައީ ކުރިން މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ބަދަލުތަކާ އެކު ރިސޯޓުތަކަށް ޖެހޭނީ ހަރަދުތައް ކުޑަކުރަން ކަމުން އެކަމުގެ ނޭދެވޭ އަސަރު ރިސޯޓުތަކުގެ މުވައްޒަފުންނަށް ކުރާނެ ކަމަށެވެ.
ސަރުކާރުން ގެނައި ބަދަލަށް އަމަލުކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
އެ ނިންމުމާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ސަރުކާރަށް ބޯނުލަބާނަމަ އޭނާގެ އަތުން ރި ސޯޓުތައް އަތުލާ އެހެއް ބަޔަކާއި ހަވާލުކުރޭ
އުއްޗެއް ބުއްޗެއް ބަޅުއްޗަކަށް ބެލުމެއް އޮވެގެން ނުވާނެ. ޥަކިމީހަކަށްވީތީ މުޅި ގައުމުގެ ހެވާލާބައަށް ހަދާފަ ހުންނަ ގާނޫނުތަކާއި، އުސޫލުތައް ތަންފީޒް ނުކުރެވިގެން ނުވާނެ. ޢޭނަގެ މައިންބަފައިންގެ ރަށްތަކެއްގަޢެއްނޫން ރިޒޯޓް ހަދައިގެން އެއުޅެނީ. ޟާރު ނުކުރަންޏާމް ހުރިހާރައްތަކެއް ދައުލަތުގެ ބެލުމުގެދަށުން އެކަން ކުރެވޭނެ ބަޔަކާއި ޙަވާލުކުރަން ގޮވާލަން.
ގަދަ
ގަދަ
މިވީހާދުވަހު ސަރުކާރުތަކަށް ނުއަގުގަ ޑޮލަރު ވިއްކީ މި ޗަމްޕާބްރަދާސް. އެކަން ކެނޑޭ ދުވަސް އަންނަހެން ހީވީމަ ތެޅިފޮޅެނީ
ރަގަ:ޅު ވާހކަ އެއް ސަރުކާރުން އަބަދުވެސް ވިސްނަނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރައްޔިތުން އަތުން އެއްޗެއެް ދަމައި ގަނެވޭނެ ގޮތެއް މިމަތި ބަރު ސަރުކާރު ކުޑަކޮށްބަލަ ރައްޔިތުން އަތުން ނުދަމާ
މޮޔަވަނީތަ އުއްޗު. ކަލޭއަތުން އަތުލަނީތަ ކިހިނެއްވެގެންތިޔައުޅެނީ. ޑޮލަރުމާރުކޮށްފަ އޭގެ އަގު ކެލޭއަތުން އަތުލާނަމަ ތިހެންބުނަން އެންމެރަނގަޅު
މި އޮތް ހުރިހާ ދުވަހު ކަޅު ބާޒާރުގަ ހަބޭހަށް ޑޮލަރު ވިއްކައިގެން ފައިދާފަ އޮތް ފަރާތަކުން މިހެން ބުނީމަ ހައިރާނެއް ނުވޭ! ސަރުކާރާ ދައުލަތަށް ގޮންޖެހިޔަ ދީގެން ނުވާނެ!