ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ނިޔާވި މީހުންގެ އަދަދު 32 އަށް
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި ހުޅުމާލެ ކޮވިޑް-19 ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 03:55 ގައި ދިވެއްސަކު ވަނީ ނިޔާވެފައެވެ.
ނިޔާވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.
އެއާއެކު، ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފައެވެ.
ރާއްޖެ އިން މިހާތަނަށް 9،052 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލިން ރަނގަޅުވެފައި ވަނީ 7،055 މީހުންނެވެ. މި ބަލި ޖެހިގެން މިހާރު ފަރުވާދެމުން ދަނީ 1،960 މީހުންނަށެވެ. އަދި އެޑްމިޓް ކޮށްގެން ހޮސްޕިޓަލްތަކުގައި ފަރުވާދެނީ 116 މީހުންނަށެވެ.
Ads by Allied Insurance