އަޅުގަނޑަށް ނުބައި މައުލޫމާތެއް ލިބުނީ ، މައިމޫނާގެ މަންމާފުޅަށް އަވަސް ޝިފާއެއް އެދެން: ރައީސް ނަޝީދު
ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ނިޔާވެއްޖެކަމަށް މިއަދު ޓްވީޓް ކުރެއްވުނީ ނުބައި މައުލޫމާތެއް ލިބިގެން ކަމަށާއި އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ މައިމޫނާގެ މަންމާފުޅު ނިޔާވި ކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
އެއީ ލިބުނު މައުލޫމާތުގެ ކުށެއްކަން ވިދާޅުވެ ދެންމެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިމޫނާ އެ ކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނުގެ ހިތްޕުޅަށް އަރާ ކަމަށާއި ޚާއްޞަކޮށް މިދަނޑިވަޅު މަންމަ ބަލިވުމުން ވާނެ ގޮތް އިހްސާސް ކުރެވޭ ކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި އެކަމަނާގެ މަންމައަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.