އިންޑިއާގައި ޕަބްޖީ ކުޅުން މަނާކުރުމުން، "ޕަބްޖޭ"ގެ ނަމުގައި އައު ގޭމެއް

އިންޑިއާގެ ގިނަ ބަޔަކު ފޯރިއާއެކު ކުޅެމުން އައި ގޭމެއް ކަމަށްވާ ޕަބްޖީ އެގައުމުގައި ކުޅުން މަނާ ކުރީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ. އިންޑިއާގައި ޕަބްޖީކުޅުން މަނާކުރި ނަމަވެސް އިންޑިއާ މީހުން މިވަނީ ޕަބްޖީގެ އެހެން ގޭމެއް ތައާރަފްކޮށްފައެވެ.
އިންޑިއާގައި ޕަބްޖީ ކުޅުން މަނާކުރުމުން އިންޑިއާގެ ގޭމް ޑިވަލޮޕަރެއް ކަމަށްވާ، ޑިޕަކް ކަޓިކަރު އީޖާދުކުރި މި ގޭމްގެ ނަމަކީ "ޕަބްޖޭ" އެވެ.
މިގޭމަށް އިންޑިއާގެ ގޭމް ކުޅޭ ގިނަބައެއްގެ ޝައުގުވެރިކަން ދެވުނީ ޕްލޭ ސްޓޯރުގައި ޖަހާފައިވާ އިސްތިހާރަކާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ޕްލޭ ސްޓޯރުގައި ހިމަނާފައިވާ ފޮޓޯތައް ވެސް ވަރަށް ޕަބްޖީގެ އަސްލާ އެއްގޮތް ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.
"ޕަބްޖޭ" ނަމަކަށް ކިޔާ މިގޭމުގައި ޕަބްޖީއާ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް އެ ގޭމްގެ ގްރެފިކްސް އަދި ބައެއްް އެހެން ކަންތައްތަކުން ޕަބްޖީއާ ގާތްވެސް ނުކުރާ ކަމުގައި ގިނަ ބަަޔަކު ބުނެއެވެ. ޕަބްޖީއަށްވުރެ ހާސް ގުނަ މިގޭމްގެ ފެންވަރު ދަށްކަމުގައި ވެއެވެ. މިގޭމް ޑައުންލޯޑުކުރި ގިނަ ބަޔަކު މިގޭމް ރޭޓް ކޮށްފައިވަނީ 2/5 އިންނެވެ.
މިގޭމް ޑައުންލޯޑްކޮށް ކުޅުނު ގިނަ ބަޔަކު ޕްލޭ ސްޓޯރުގައި ބުނެފައި ވަނީ މިގޭމަކީ ތާކުންތާކު ނުޖެހޭ ގޭމެއް ކަމަށެވެ. އަދި ޕަބްޖީއާ ވާދަކޮށް ގޭމެއް ތައްޔާރުކުރަން އުޅުމުން އެކަމަށް ފާޑު ކިޔާ ގިނަ ބަޔަކު ވަނީ ކޮމެންޓު ކޮށްފައެވެ.