ޚަބަރު އިޖުތިމާޢީ

ޕޯސްޓުން ގެނައި މަސްތުވާތަކެތީގެ ޕެކޭޖް ނެގި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕޯސްޓް އޮފީސް / ފޮޓޯ:ދެން އިމޭޖްސް

ޕޯސްޓުން ގެނައި މަސްތުވާތަކެތީގެ ޕެކޭޖެއް ބަލާ ދިޔަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

Ads by MWSC

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 41 އަހަރުގެ މީހެކެވެ.

އޭނާ ބަލާ ދިޔަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 980.8 ގްރާމް ފެނުނު ނަމަވެސް އެއީ މީހަކު ބުނެގެން ބަލާ ދިޔަ އެއްޗެއް ކަމަށް އެ މީހާ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި ބުނީ އެ ޕެކޭޖް ބަލާ ދިއުމުގެ ކުރިން އެ މީހަކު އޭނާއަށް ގުޅި ކަމަށާ އަދި ޕޯސްޓު އޮފީހަށް ދިއުމަށް ފަހު ވެސް މުއާމަލާތުކުރި ކަމަށެވެ. އެ މީހާ އެދިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯއަށް ޕެކޭޖް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް އޭނާ އާ ބެހޭ މައުލޫމާތު އެންމެ ރަނގަޅަށް ފުލުހުން ހޯދާފައި ނުވާ ކަމަށެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި އެ ޕެކޭޖް ބަލާ ދިޔަ މީހާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިތުރު 15 ދުވަހަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި 4 ވަނަ ފަަހަރެވެ.

Ads by HDC
  1. އަމާން

    ތިޔައީ ގޭންގެއްގެ މޮޔަ ކުއްޖަކަށް ވާނީ..ތިސޮރު ދޫކޮށްލަން ޖެހޭނީ..ސަރުކާރު އަދި ޕޮލިސް އަދި މަޖިލިސް ޝަރުޢީ ދާއިރާ ވެސް އޮތީ ގޭންގް ތަކުގެ ދަށުވެފައި.