ލައިފްސްޓައިލް

އައިފޯނު12 އަށް ކުރަމުންދިޔަ އިންތިޒާރު ފެނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެޕަލްއިން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގައި ބާއްވަމުން އަންނަ އެޕަލް އިވެންޓް މި މަހުގެ 15 ގައި ބާއްވާނެ ކަން މިވަނީ ހާމަކޮށްފައެވެ. ކޮވިޑް-19 ގެ ސަބަބުން މި އިވެންޓް ނުބާއްވާނެހެން ހީވެ ގިނަ ބަޔެއްގެ ހިތަށް ނުތަނަވަސްކަން ވެރިވެފައި ވަނިކޮށް އެޕަލްގެ މި ނިންމުމާއިއެކު ގިނަ ފޭނުން ތިބީ އުފަލުން ފޮޅިފައެވެ.

Ads by MWSC

ކޮންމެ އަހަރަކުވެސް އެޕަލްއިން ނެރެމުންދާ އައު އައިފޯނު ދައްކާލުން އޮންނާނީ މި އިވެންޓުގައި ކަމުން "އައިފޯނު12" ނިކުންނާނެ އިރަކަށް އިންތިޒާރު ކުރަމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މިއޮތީ އެމީހުނަށް ހިތާމަވެރި ޚަބަރެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އަހަރު އެޕަލް އިން ސެޕްޓެމްބަރު މަހު ބާއްވާ އިވެންޓު ޚާއްސަކޮށްފައި ވަނީ އެ ކުންފުނިން ނެރޭ އެޕަލް ވޮޗް އާއި އައިޕެޑް އަށެވެ. އެގޮތުން މި އަހަރު އެޕަލް ވޮޗްގެ ސީރީޒް 6 އަދި އައިޕެޑް އެއަރގެ އައު ސީރީޒް ވެސް ނެރޭނެކަން މިހާރު އޮތީ ކަށަވަރުވެފައެވެ.

" ޓައިމް ފްލައިސް" ގެ ނަމުގައި ސެޕްޓެމްބަރު ބާއްވާ އިވެންޓުގައި ފޯނު ނުފެންނާނެ ކަމަށް ގިނަ ރިޕޯޓުތަކަކުން އަންނަނީ ބުނަމުންނެވެ. އަދި ފޯނުގެ ޕްރޮޑަކްޝަން ނިމެނީ އޮކްޓޯބަރު މަހުގައި ކަމުން، ދުވަސް ކައިރި ކޮށް އަލުން އިވެންޓެއް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިއަހަރުގެ އިވެންޓުގައި އައު ފޯނު ނިކުންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އެޕަލް އިން ވެސް ދީފައި ނުވާއިރު، އެޕަލް އިން މިހާތަނަށް ބުނެފައިވަނީ ގިނަ ’އާދަ‘ ތަކެއް މި އިވެންޓުގައި ވެސް ދަމަހައްޓާނެ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!