ދުނިޔެ

އިއްޔެ އެކަނި އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކާ ގާތް ކުރޭ، ސަރުކާރުން ފިޔަވަޅުތައް ހަރުކަށި ނުކުރާތީ ފާޑުކިޔުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ޢާލަމީ ވަބާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމާމެދު ޝައްކެތް ނެތެވެ.

Ads by Sosun Fihaara

އެގޮތުން އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އަކީ މުޅި ދުނިޔޭން ވެސް ކޮވިޑް-19ގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ 2 ވަނަ ގައުމެވެ. ދުނިޔޭން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އެމެރިކާއަށެވެ.

ހަމައެކަނި އިއްޔެވެސް އިންޑިއާއިން ލައްކައަކާއި ގާތް ކުރާ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ފެނިއްޖެއެވެ. އެގޮތުން އިއްޔެ އެކަނި އެގައުމުން 93،215 މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ. އިންޑިއާއިން ފާއިތުވެދިޔަ 5 ދުވަހު ވެސް 90،000 ވުރެ ގިނައިން ކޭސްތައް ފެނިފައި ވެއެވެ.

އިންޑިއާއިން އިއްޔެ ޖުމުލަ 1،140 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އަދި ކޮންމެ ދުވަހަކުހެން އިންޑިއާއިން މަރުވާ މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް އަރައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް  މިހާތަނަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދަކީ 4,846,427 އެެވެ. އަދި މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ3,780,107 އެވެ. މިހާތަނަށް އިންޑިއާއިން މި ބަލީގައި 79,754 މީހުން ވަނީ މަރުވެފަައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މިބަލީގައި މީހުން މަރުވާ އަދަދު ދުވަހަކަށްވުރެ ދުވަހެއް ވަނީ އިތުރެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން އިންޑިއާގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވެެއެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އިންޑިއާގައި މީގެ ކުރިން ވަނި ކާފިއު ހިންގާފައެވެ. އެހެން ނަމަވެސް މިހާރު އިންޑިއާގައި ކާފިއު އުވާލިތާ އެތައް ދުވަސްތަކެއް ވެއްޖެއެވެ. އަދި ކާފިއު އުވާލަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އިންޑިއާގެ ސިއްހީ ނިޒާމް އޮންނަ ގޮތުން ބައެއް ހިސާބުތަކުގައި ސިއްހީ ޚިދުމަތް ދެވޭނެެ އެއްވެސް ގޮތެއް ނޯއްވެއެވެ.  ނަތީޖާއަކަށް ވަނީ އެ ހިސާބުތަކުގެ މީހުން ބަލިވި ނަމަވެެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމެވެ. އެމީހުންނަށް ކޮވިޑަށް ޓެސްޓު ކުރެވޭ ނަމަ ކޮވިޑް ގްރާފް ލައިން އެތައް ތަނަކުން މައްޗަށް ދާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!