ޚަބަރު

މިދިޔަ އަހަރަށް ވުރެ މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މަދުވެއްޖެއެވެ.

Ads by Hajj Corporation

މާލެ ސިޓީ ކައުންސިލުން މާލޭގައި މަރުވި މީހުންގެ އަދަދު ހާމަކޮށް ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި މި އަހަރުގެ އޭޕްރިލް 15 އިން އޮގަސްޓް 31 އަށް 264 މީހަކު ވަނީ މަރުވެގެން ވަޅުލާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު އުޅެނީ 302 ގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މާލޭގައި 81 މީހުން ވަޅުލާފައިވާއިރު މިއަހަރުގެ ޖުލައި މަހު ވަޅުލާފައިވަނީ 52 މީހުންނެވެ. މިއަހަރު ގެ އޮގަސްޓު މަހު 63 މީހުން ވަނީ ވަޅުލާފައެވެ.

ތަފާސްހިސާބުތަކަށް އިތުރަށް ބަލާއިރު މިދިޔަ އަހަރުގެ މި މުައްދަތުގައި މަރުވި އަންހެނުންނަށްވުރެ މި އަހަރު މަރުވި އަންހެނުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 91 އަންހެނަކު މަރުވި ނަމަވެސް މި އަހަރު 107 އަންހެނަކު ވަނީ މަރުވެފައެވެ.

އަދި މާލޭގައި ބިދޭސީ ފިރިހެނުން ވަޅުލި އަދަދު ވެސް މިއަހަރުގެ މި މުއްދަތުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު 18 ބިދޭސީ ފިރިހެނުން ވަޅުލާފައިވާއިރު މިދިޔަ އަހަރު ވަޅުލާފައިވަނީ އެންމެ މީހެކެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!