ދުނިޔެ

ކޮވިޑް-19: އައިނު އަޅާނަމަ މިބަލިން ރައްކާތެރިވާ ކަމަށް ޗައިނާ ދިރާސާކުރާ ޓީމަކުން ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާއްމުކޮށް އައިނު އަޅައިގެން އުޅުމަކީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭ ކަމެއް ކަމުގައި ޗައިނާ އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ނަޗަން ޔުނިވާސިޓީގެ "ދަ ސެކަންޑް އެފައިލޭޓެޑް ހޮސްޕިޓަލު" ގެޓީމަކުން ހެދި މިދިރާސާގައި ބުނެފައިވަނީ އައިނު އަޅައިގެން އުޅުމުން ވައިރަސް ލޮލަށް ދިޔުމުން ރައްކާތެރިކޮށްދޭ ކަމަށެވެ.

އެޓީމުން ބުނިގޮތުގައި މިދިރާސާ ކުރަން އެމީހުން ބޭނުން ކުރި މީހުންގެ ތެރެއިން، އައިނު އަޅާ ގިނަ މީހުން ވަނީ މިބައްޔަށް ނައްސި ވެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ޗައިނާގެ މިދިރާސާ ޓީމުން ގޮވާލާފައިވަނީ، މިދުވަސްވަރު ގެއިން ބޭރުގައި އުޅޭއިރު ލޯމަތި ވެސް ނިވާވާނޭ ފަދައިން "ފޭސްމާސްކެއް" ނުވަތަ އައިނެއް އަޅައިގެން އުޅުމަށެވެ.

އައިނު އެޅުމަށް ނުވަތަ ލޯމަތި ވެސް ނިވާކުރަން ޗައިނާއިން ބާރު އަޅާފައިވީ ނަމަވެސް، ތަޖުރިބާކާރުން ބުނެފައިވަނީ، ލޯ ކައިރީގައި އަތް ނުލުމަށް ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަަށެވެ.

މިދިރާސާ ހެދި ޓީމުން ވަނީ ދިރާސާގައި 276 މީހުން ބޭނުން ކޮށްފައެވެ. އަދި މިދިރާސާ އެމީހުން ހަދާފައިވަނީ ޖެނުއަރީ 27 އިން މާރޗް 13އާ ހަމައަށެވެ.

މިދިރާސާ އާއި ބެހޭގޮތުން ނަޗަން ޔުނިވާސިޓީން ބުނެފައިވަނީ، އައިނު އަޅާ އެއްވެސް މީހަކަށް ކޮވިޑް-19 ނުޖެހެނެޔޭ އެމީހުން ނުބުނާ ކަމަށާއި، އެމީހުން ހެދި ދިރާސާގައި ވެސް އައިނު އަޅާ ބައެއް މީހުން މިބައްޔަށް ފައްސިވި ކަމަށެވެ.

ނަމަވެސް އެއީ ނިސްބަތުން ބަލާއިރު ވަރަށް މަދު އަދަދެއްގެ މީހުން ކަމަށާއި، އެމީހުންނަކީ ޤަވާއިދުން އައިނު އަޅައިގެން އުޅޭ މީހުން ނޫން ކަމަށް ވެސް ދިރާސާ ރިޕޯޓުގައި ހާމަ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!