ދީން

އިންޓަނެޓަށް ދޫކޮށްލެވޭ ކޮންމެ އެއްޗަކީ އެއިން އަޅުގަނޑުމެންނާ ދެކޮޅަށް ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައި ދަންނަންވާނެ : ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޒަމާން ބަދަލު ވެއްޖެއެވެ. ބަވަނަ ވެފައިވާ މިދުނިޔޭގައި އިންސާނުން އަންނަނީ އެތައް ކުރިއެރުމެއް ހޯދަމުންނެވެ. الله ތަޢާލާ އަޅުގަނޑުމެންނަަށް ދެެއްވި މަތިވެރި ނިއުމަތް ކަމުގައިވާ ބުއްދީގެ ބޭނުންކޮށްގެންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެތައްް އިންގިލާބީ ކުރިއެރުމެއް ދަނީ ހޯދަމުންނެވެ.

Ads by Sosun Fihaara

މިއަދު އިންޓަނެޓާއި ނުލާ ދިރިއުޅުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ވެސް އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމަށް ވަނީ ހަނދާން ކޮށްދީފައެވެ.

އެގޮތުން ދަރިންނަކީ الله ތަޢާލާ މައިންްބަފައިންނަށް ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއްް ކަމާއި އެ ދަރިން ތަރުބިއްޔަތު ކުރި ގޮތާއިމެދު ސުވާލުވެވޭނެ ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މި ޒަމާނުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް އެންމެ ބޭނުން ޖެހިފައިވާ އެއް ވަސީލަތަކީ އިންޓަނެޓު ކަމާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއް ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އާއިލީ ގުޅުން ބަދަހި ކުރުމާއި، އުނގެނުމާއި، މައުލޫމާތު ބަދަލު ކުރުމާއި މިނޫންވެސް އެތައް ލުއި ފަސޭހަތަކެއް ދިރިއުޅުމަށް އިންޓަނެޓުގެ ސަބަބުން ވާ ކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިންޓަނެޓުގެ ޒަރީޢާއިން މިދެންނެވި ލުއި ފަސޭހަކަން ލިބި، ހަޔާތަށް ފުރިހަމަކަން ގެނުވޭއިރު، މި ނިއުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން އުޅޭކަން ދަންނަން ޖެހެއެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ދަރިފުޅުގެ ކިޔެވުމަށް ޓަކައި އިންޓަނެޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ނަމަވެސް އިންޓަނެޓަކީ އޭގެ އަޑިނޭނގޭހާ، ފުން، ނުރައްކާތެރި ވަސީލަތެއްް ކަމަށެވެ. އަދި  އެތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އެއްވެސް ބެލުމެއް ނެތި، އިންޓަނެޓު ބޭނުން ކުރާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުމެއް ނެތި، އެއްވެސް ހިފެހެއްޓުމެއް ނެތި  ދަރިން އިންޓަނެޓުގެ ތެރެއަށް ދޫކޮށްލުމަކީ ވަރަށް ގިނަަ ފަހަރަށް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް އެކުދިން ވެގެންދާ ސަބަބެއް ކަމުގައި ވެއެވެ. އަދި އެއީ އެކުދިން މަސްތުވާތަކެއްޗާއި،  އެހެނިހެން ކުށްތަކުގެ ތެރެއަށް ގެންދިއުމަށް ކޮށައިދެވޭ މަގަކަށް ވެގެން ދެއެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

އަދިހަމަ އެހެންމެ އިސްލާމްދީނާ މެދު ޝައްކު އުފައްދައި އެކުދިންގެ ހިތްތަކުން އީމާންކަން ފޮހެލަން ބަޔަކު މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން އޭގެ އަޑި ނޭނގޭހާ، ފުން، ނުރައްކާތެރި މި ވަސީލަތް ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތް ދަރިންނަށް ދަސްކޮށްދިނުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!