ޚަބަރު

ފުލުހުންނާއި ސިފައިންނަށް ކޮވިޑް ފްރޮންޓްލައިން އެލަވަންސް ދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މަސައްކަތްތެރިންނަށް ދޭން ސަރުކާރުން ނިންމި އެލަވަންސް، ސިފައިންނާއި ފުލުހުންނަށް ދީފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، ފްރޮންޓްލައިން އެލަވަންސް ގެ ގޮތުގައި ޖުމްލަ ފުލުހުންނާއި ސިފައިން ހިމެނޭހެން 6518 މީހަކަށް، 44.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންނަކީ ކޮވިޑް ފްރޮންޓްލައިން އެލަވަންސް އެންމެ ފަހުން ދީފައިވާ މީހުންނެވެ. ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދިނުން ލަސްވެފައިވަނީ އާ އުސޫލެއްގެ ދަށުން އެލަވަންސް ޖަމާކޮށްދިނުމަށް ނިންމާފައި ވާތީއެވެ.

ފިނޭންސް މިނިސްޓްރީއިން އިތުރަށް ވިދާޅުވިގޮތުގައި އެއާއެކު ޖުމްލަ 78 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ކޮވިޑް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ދޫކުރެވިފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ސަރުކާރުން ދޭން ހަމަޖެއްސެވި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ، ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.

Ads by HDC
  1. ޢިބްރާހިމް

    ފުލުހުންގެެތެރެއިންް އެލަވަންސްް ދީފައިވަނީީ އެޗްޕީއޭއިންް ކަޑައަާފައިވާާ އުސޫލުތަކާއިި ޚިލާފަށްް. ޑިއުޓީއަށްް ނުނުކުމެެ 4މަސްް ވަންދެންް ގޭގައިި ތިބިފުލުހުންނަށްް ކޮވިޑްް އެލަވަންސްްގޮތުގައިި =/36000ރުފިޔާާ ލިބުނުު އިރުު ހުރިހާޑިއުޓީީ އަކަށްް ނުކުތްް ފުލުސްް އޮފިސަރުންނަށްް ލިބިފައިވަނީީ =/4000ރުފިޔާ އާއިި =/14000ރުފިޔާާ ދެމެދުގެެ އަދަދެއްް. ފުލުހުންގެެ މެޑިކަލްޑިޕާޓްް މަންޓްް މަސައްކަތުު މީހެއްގެެ ވަޒީފާގައިި އުޅޭޭ ބަގުލަދޭޝްް ދެމީހުންނަށްވެސްް =/36000ރުފިޔާާ ލިބިފައިވޭޭ. ޢަދިި އެޑިޕާރޓްް ގަަ މަސައްކަތްކުރާާ އަދުނާންް ސާރއަކީީ 4މަސްވަންދެންް ގޭގައިި ހުރިމީހެއްް އޭނައަށްވެސްް =/36000ރުފިޔ ލިބިފައިވޭޭ.އަދިި މިއެލަވަންސްް ދީފައިވަނީީ ކިތައްދުވަހަށްް ކަމެއްް އެގިފައިނުވާާ ކަމށްް ފުލުހުންގެެ ތެރެއިންް ގިނަބޭފުޅުންް ބުނަމުންް އެބަދޭޭ. ޢެންމެެ ބޮޑުމައްސަލައަކީީ ފުރަންޓްް ލައިނުގަަ ގަވާއިދުންް ހުރިހާާ ޑިއުޓީއަކަށްް ނުކުމެެ މަސައްކަތްކުރިި ފުލުހުންނަށްް ކުޑައެތިކޮޅެއްދީފަަ ޑިއުޓީއަށްނުނުކުމެެ ގޭގައިި ތިބިި ފުލުބުންނަށްް އެލަވަންސްދިނުމަކީީ ކޮރަޕްޝަންް ހުއްޓުވަންތިިބިި ބަޔަކުު ކޮރަޕްޝަނަށް މަގުފަހިކޮށްދިންް ވިޔާނުދާާ ހަޑިި މުޑުދާރުު އަމަލެއްް.އަޅުގަނޑުު ފުލުހުންގެެ މުއައްސަސާގެެ ވެރިންނަށްް ގޮވާލަންް ކޮވޮޑްް އެލަވަންސްް ދިނުމުގައިި ހެދިފައިވާާ ގޯސްތައްް ބަލާާ ދެފުއްފެންނަގޮތަށްް އިންސާފްވެރިކަމާއިި އެކުު މުވައްޒަފުންނަށްް ލިބެންޖެހޭޭ ހައްޤުތަށްް ހޯދާދިނުމަށްް.