ދުނިޔެ

އިނގިރޭސި ވިލާތުގައި ގިނަ އަދަދެއްގެ ދޫނި މަރުވަނީ، ކީއްވެ ކަމެއް ނޭނގެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިނގިރޭސި ވިލާތުގައި ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވެގެން ވެއްޓެމުންދާ ކަމަށްސީއެންއެންގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. ގިނަ އަދަދެއްގެ ދޫނިތަކެއް މަތިން ވެއްޓެމުން ދާއިރު، އެދޫނިތައް މަރުވާން ދިމާވި އެއްވެސް ސަބަބެއް އަދި ހާމަ ވެފައެއް ނުވެއެވެ.

Ads by Sosun Fihaara

ނިއު މެކްސިކޯ ސްޓޭޓް ޔުނިވާރސިޓީގެ ދިރާސާކުރާ ފަރާތް ތަކުން މިހާރު އަންނަނީ، ދޫނިތައް މަރުވާން ދިމާވާ މައްސަލަ ބަލަމުންނެވެ. އަދި ދުވަހެއް ދުވަހަކަށް މަރުވެގެން ވެއްޓޭ ދޫނި ތަކުގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށްސީއެންއެންގެ ރިޕޯޓުތަކުން ދައްކައެވެ.

އޯގަސްޓު މަހުގެ ފަހުކޮޅުގައި މިގޮތަށް މަރުވެގެން ވެއްޓިފައިވާ ދޫނިތަކުގެ އަދަދަކީ ގާތްގަނޑަކަށް 100 އެއްހާ ދޫނިކަމުގައިވީ ނަމަވެސް މިހާރު މިގޮތަށް މަރުވެގެން ވެއްޓިފައިވާ ދޫނިތަކުގެ އަދަދު، ލައްކައަކާއި ގާތް ކުރާ އަދަދަކަށް ވަނީ އަރާފައެވެ.

ހަމަމިއާއިއެކު މިފަދަ ހާދިސާތަކެއް ވަނީ ކޮލޮރާޑޯ، ޓެކްސަސް ގެ އިތުރުން މެކްސިކޯ އިން ވެސް ފެނިފައެވެ. ޚަބަރުތައް ލިބިފައިވާ ގޮތުގައި މި ދޫނިތަކަކީ އަންމުކޮށް ގަސްގަހުގައި ތިބޭ ދޫނިތަކެއް ނަމަވެސް މި ދޫނިތައް މަރުވުމުގެ ކުރިން މަގުމަތީގައި ހިނގައި އުޅޭ މަންޒަރު ފެނިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އެ ދޫނިތައް ބިމުގައި ހިނގައި އުޅުނީ ކާނެ އެއްޗެއް ލިބޭތޯ ބެލުމަށް ކަމަށްވެސް ސީއެންއެން ގެ ރިޕޯޓުތަކުން ބުނެފައި ވެއެވެ.

ހަމަމިއާއިއެކު، ބައެއް ދޫނިތަކަކީ އޭގެ ޒާތުގައި އިންސާނުން ދެކެ ބިރުގަންނަ އެއްޗެއް ނަމަވެސް މި ދޫނިތައް ފަހަކަށް އައިސް މަގުމަތީގައި އުޅޭއިރު ކާރެއް އައި ކަމުގައި ވީނަމަވެސް އެއްވެސް ޖެހިލުމެއް ނުވާ ކަމަށް ޚަބަރުތައް ލިބެއެވެ. އަދި އިންސާނުންނާއި އާދަޔާއި ޚިލާފަށް އޮޅު ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.

އިނގިރޭސި ވިލާތުގައި ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވަމުން އަންނަ އިރުގައި މިކަމާމެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ މިކަންތައް ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!