ޚަބަރު އިޖުތިމާޢީ

އިމާރާތުން ވެއްޓި ނިޔާވި ކުޑަކުއްޖާގެ ޖަނާޒާ މެންދުރު ނަމާދަށްފަހު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޭ ދަންވަރު މާލޭގެ އިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓި ނިޔާވި އުމުރުން އެންމެ 4 އަހަރުގެ ކުޑަކުއްޖާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

"ކަށު ނަމާދު" ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުން އެކުއްޖާގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުނު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އެ ކުއްޖާ އަކީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ އެސްޕީވިލާގެ 5 ވަނަ ފަންގި ފިލާގައި ދިރިއުޅެމުން ދިޔަ ކުއްޖެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު ދޭއް ޖަހާކަންހާއިރެވެ.

ބެލްކަނިން ވެއްޓި ނިޔާވެފައިވަނީ "ކޮއްކޮމެން ޕްރީ ސްކޫލް"ގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށާއި، އެއީ މުދައްރިސުން ނުހަނު ލޯބިވާ ކުއްޖެއް ކަމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ވިދާޅުވެފައެވެ.

ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ނިޔާވެފައިވާ އުމުރުން ހަތަރު އަހަރުގެ ނުޢުމާނު ބިން މުޙައްމަދު ރަޝީދަކީ ކޮއްކޮމެން ޕްރީސްކޫލްގެ ޖޭކޭޖީގެ ދަރިވަރެއް ކަމަށާއި، އެ ކުއްޖާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. ނުޢުމާންގެ ޢާއިލާއަށް ޝަހީމް ތަޢުޒިޔާ ވެސް ދެންނެވިއެވެ.

 

Ads by Allied Insurance
  1. ޢަޒރާ ޢަލީ

    ސުވާލަކީ މިކުއްޖާ ވެއްޓުނީ ކިހިނެއްތޯއޭ ދަންވަރުގަދީގަ މިވަރު ކުއްޖަކު އެކަނި އުޅެން ދީކޮއްލާފަ ބޮޑެތި މީހުން ނިދީތޯއޭ ނޫނީ ؟

  2. މަންމައެއް.

    ވ ވ ނިދިމަދު ކުދިން އުޅޭ. 8 ޖަހާލާއިރު ނިންދަވަން އެރީމަ ކިރިޔާ 12 ނޫނީ 1 ޖަހާލާ އިރު ނިދެނީ. މަންމަ އަަށް ވެސް ލޯމެރިދާނެ ހަމަ. ތެދު ނުވެ ކައިރީގައި އޮވެ ދާނެ. ތެދުވި ފުރަތަމަ ފަހަރު ކަށްވެސް ވެދާނެ. ދެން އޮތް ގޮތަކީ ދަރިންެގެ އަތް ނުފޯރާ ގޮތަށް ތަންޑެއް އެޅުން. ދޮރުތަކުގައި.
    ދަންވަރެއް ގައި މަންމަ އަކަށް ހޭލެވުނު އިރު ދަރިފުޅު ެއނދުގައި ނެތީމަ މުޅި ގެ އެލާރޓް އަށް ގެނއި. ރާއްޖެތެރޭ ބޮޑު ގެއެއް. ހޯދަމުން ދަނިކޮށް ފެނުނީ އެއްޗެހި ދޮންން ބައިގައި ތަޅުންގަނޑުމަތީ ނިދާފައި އޮއްވާ. ކުޅޭ ވަށިގނޑާއި އެކު.
    ހޭލެވޭ ގޮތަށް އެދުންފައިބއިގެން ދުއްވައިގންނަ ކުދިންވެސް ތިބޭ. ވ ބާރަށް ގޮސް ތަނެއްގަ ޖެހި އަނިޔާވެފަވެސް އެބަހުރި. 2 އަހަރުގެ ކުދިންވެސް. ނުބެލޭތީ ނޫން. ފަރުވާ ކުޑަ ކުރާތީ ވެސް ނޫން. ދަރި އުނގަށް ލައިގެން ފާޙާނާ ތަށި މަތީ ދެކަމު ދާން ޖެހޭ މައިން ވެސް އުޅޭ. ގެވެސް ޗައިލްޑް ޕްރޫފް ކުރަންވީ.