ލައިފްސްޓައިލް

ޕާކިސްތާނު ފިރިހެނަކު ޓިކްޓޮކް ގައި ފޮލޯވަރުން ހޯދަން "މަރުވެއްޖެ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓިކްޓޮކް އަކީ އަދިވެސް ގިނަ ގިނަ ޤައުމުތަކުގައި ވަރަށް ފޯރިއާއެކީ ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ.

Ads by Sosun Fihaara

ތަފާތު އެކި ކަހަލަ ވީޑިއޯ ހެދުމާއި އެވީޑިއޯތަކަށް "ލައިކްސް" ހޯދުމަކީ ޓިކްޓޮކް ކުޅޭ މީހުންނަށް ވަރަށް މުހިންމު ކަމަކަަށް ވެފައިވާ ކަމެކެވެ. ވީޑިއޯއެއް އެހާ ނުހިނގާނަމަ، ބައެއް މީހުން އެކަމާއި ވަރަަށް މާޔޫސް ވެއެވެ. އަދި ޕްރޮފައިލަށް އެހާ ފޮލޯވަރުން ނުލިބުމަކީ ވެސް މީހުން އެހާމެ ދެރަވާ، ފޮލޯވަރުން ހޯދުމަށް އިތުރަށް މަސައްކަތް ވެސް ކުރާ ކަމެކެވެ.

މިއީ ވެސް އެފަދަ ފިރިހެނަކު ކުރި ކަމެއްގެ ވާހަކައެކެވެ. ނަމަވެސް ޕާކިސްތާނުގެ މިމީހާ ޓިކްޓޮކް ގައި ފޮލޯވަރުން ހޯދުމަށްޓަކައި ގޮސްފައިވަނީ މުޅިން އެހެން ލެވެލަކަށެވެ.

އާދިލް ރާޖްޕޫތު ނަމަކަށް ކިޔާ އެމީހާ، ވީޑިއޯ ހެދީ އޭނާ މަރުވެއްޖެ ކަމަށް ދައްކާފައެވެ. އޭނަގެ މިކުޅިވަރުގައި އޭނަގެ އަންހެނުން ވެސް ވަނީ ބައިވެރި ވެފައެވެ.

އެވީޑިއޯއިން ފެންނަނީ އާދިލް "މަރުވެގެން" އޭނަގެ އަންހެނުން ރޯން އިންނަ މަންޒަރެވެ. އަދި އެކްސިޑެންޓެއްގައި އާދިލް މަރުވެއްޖެ ކަމަށް ވެސް އެވީޑިއޯ ގައި އޭނަގެ އަންހެނުން ބުނެފައިވެއެވެ.

މިޚަބަރު އަޑުއަހާފައި އާދިލްގެ ފޭނުން ވަރަށް ހިތާމަފާޅު ކުރިއެވެ. އެވީޑިއޯ ވައިރަލް ވެގެން، އެއަވަށުގެ މިސްކިތަކުން ވެސް އެވާހަަކަ ގޮވިއެވެ.

އެކަން ފޫބެއްދުމަށް އާދިލް ގެ އަންހެނުން ވަނީ އަނެއްކާ އެހެން ވީޑިއޯއެއް ވެސް ލާފައެވެ. އޭގައި އޭނާ ބުނީ އާދިލް މަރުނުވާ ކަމަށާއި ހޭނެތުނީ ކަމަށެވެ. އަދި އެޚަބަރު ފެތުރީތީ އާދިލް ގެ އަންހެނުން ވަނީ މީޑިއާތައް ކުށްވެރި ކޮށްފައެވެ.

އެދެމަފިރިންގެ އެ ސްޓަންޓުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެމީހުންނަށް ފާޑުކިޔާ، ނުރުހުން ފާޅުކޮށް އެމީހުންނަކީ ވަރަށް ވިޔާނުދާ އެކްޓަރުންތަކެއް ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!