މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ މާލޭގެ ދެ ސަރަޙައްދަކުން މާދަމާ ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ. އެއީ
▪︎ރޯޝަނީ މަގާއި، ފިނިފެންމާ ގޯޅި ހިމެނޭ ސަރަހައްދާއި،
▪︎ އިއްޒުއްދީން މަގާއި، ބުރުޒުމަގު ހިމެނޭ ސަރަހައްދެވެ.
އެދެސަރަޙައްދުން ކަރަންޓު ކަނޑާލާނެ ގަޑިތައްވެސް ސްޓެލްކޯއިން ވަނީ ހާމަ ކޮށްފައެވެ. އެއީ
▪︎ ރޯޝަނީ މަގާއި، ފިނިފެންމާ ގޯޅި ހިމެނޭ ސަރަހައްދުން މާދަމާގެ ހެނދުނު 9:30 އިން 11:00 އަށް، އަދި
▪︎ އިއްޒުއްދީން މަގާއި، ބުރުޒުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 9:30 އިން 12:00 އަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެމަސައްކަތްތައް ނިމުނުހާ އަވަހަކަށް އެސަރަޙައްދުތަކަށް އަލުން ކަރަންޓު ދޭނެ ކަމަށާއި މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިޙާޔަތަށް މާފަށް އެދޭ ކަމަށެވެ.