ކޮވިޑް-19: ގައްދޫއިން މީހަކު ފައްސިވެއްޖެ
ގދ. ގައްދޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ.
ގައްދޫ ކައުންސިލް މެންބަރު އަބްދުﷲ އާމިރު އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްސިވެފައިވަނީ އެ ރަށު ސުކޫލުގައި މަސައްކަތް ކުރާ މެދު އުމުރުގެ ބިދޭސީއެކެވެ.
އަދި އެމީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ނިމުމުން ހެދި ޓެސްޓުތަކުންނެވެ.
އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމުން އިތުރު މީހަކާއި ދިމާވެފައި ނުވި ނަމަވެސް ކައުންސިލުން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
ކޮވިޑް-19 އަށް ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ފައްސިވާ މިންވަރު އަންނަނީ ފަހަކަށް އައިސް އިތުރުވަމުންނެވެ.
Ads by Allied Insurance