Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ރަޝިއާ ޔޫކްރެއިންގެ މައްސަލަ: ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށައިފި

ރަޝިއާ ޔޫކްރެއިންގެ މައްސަލަ: ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށައިފި

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ފެށިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށައިފިއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ބެލަރޫސްގެ ސިޓީއެއް ކަމަށްވާ ބްރިއެސްޓްގައި ކުރިއަށްދާ އެ ބައްދަލުވުމުގައި، މަޝްވަރާ މޭޒުދޮށަށް އެންމެ ފުރަތަމަ ޖަމާވީ ރަޝިއާގެ ވަފުދުގައި ހިމެނޭ މެމްބަރުންނެވެ.

މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ޔުކްރޭންގެ ފަރާތުން އިސްކޮށް އުޅުއްވާ ލަޑިމިއާ މެޑިންސްކީ ވިދާޅުވީ އެ ދެޤައުމު ދެމެދުގައި މަޝްވަރާތައް ބޮޑަށް ކުރިއަށްދަނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް އެކަމަށް ޓަކައި ރަޝިއާއިން ހުށަހަޅއިފައިވާ ޝަރުތުތައް ވަރަށް ގިނަކަން ވެސް މެޑިންސްކީ ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން މެޑިންސްކީ ވިދާޅުވީ މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި ޔުކްރޭން އެދޭ ގޮތް އޮންނާނީ ހާމަކޮށްފައި ކަމަށެވެ. އަދި ދެވަނަ ބުރުގައި ވެސް އޮތީ އެ ވާހަކަތައް ކަމަށާއި ޔުކްރޭނަށް މުހިންމީ ހަމަލާތައް ހުއްޓާލުން ކަމަށް ވެސް މެޑިންސްކީ ވިދާޅުވިއެވެ.

ރިޕޯޓުތަކުން އިތުރަށް ބުނާ ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރުގެ ވާހަކަތައް ފަސްގަޑިއިރަށް ދިގުދެމިގެން ދިއައިރު ވެސް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ. އަދި ދެ ޤައުމުގެ ކަންބޮޑުވުންތަކަށް ވެސް ލުޔެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ފުރަތަމަ ބުރުގެ މަޝްވަރާތައް މެދުކަނޑައިލީ ދެވަނަ ބުރެއް ބޭއްވުމަށް އެއްބަސްވުމަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް