ރިޕޯޓް

އަޒޫ-އިއުފާ: ޓިކްޓޮކް ކުޅޭ މީހުންގެ ތެރެއިން ދިވެހިން ބަލައިގަންނަ ހަމައެކަނި ދެފަންނާނުން ކަމަށްވެސް ބުނެވިދާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓިކްޓޮކް އަށް ބަލާލާއިރު ރާއްޖެއިން އެންމެ ނަންހިނގާ އެއްބަޔަކީ ޅ. ނައިފަރަށް އުފަން ފާތިމަތު އަޒްލިފާ (އަޒޫ) އާއި އޭނަގެ ކޮއްކޮ އިއުފާ އަޙުމަދު އަރީފް އެވެ.

Ads by STELCO

ގިނަބަޔަކު ބޭނުންކުރާ ޓިކްޓޮކް ގައި އަޒޫ އާއި އިއުފާ ވެސް އުޅޭއިރު، މި ދެފަންނާނުންނަަކީ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބިފައިވާ ބައެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ މިދެމީހުންގެ ޓިކްޓޮކް ވީޑިއޯތައް އެހެން މީހުން ކުޅޭ ވީޑިއޯތަކާއި ތަފާތު ކަމެވެ.

ދެދަރިން ބަލަމުން، ގޭތެރޭގެ އެހެނިހެން ކަންތައްތައް ވެސް ކުރަމުން އަޒޫ ޓިކްޓޮކް ކުޅެނީ އަމިއްލަ ހިތްހަމަ ޖެހުމަށާއި ބެލުންތެރިންނަށް މުނިފޫހިފިލުވައި ދިނުމުގެ ގޮތުން ތަފާތު ހުށަހެޅުމެއް ވެސް ދައްކައިދިނުމަށެވެ. އޭނާގެ ވީޑިއޯ ތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، ގްރޭޑް ނުވައެއް ގައި ތަޢުލީމު ހާސިލު ކުރާ، އޭނަގެ ކޮއްކޮ އިއުފާ އެވެ.

"ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި އަޒޫ ވަނީ އޭނާ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށިގޮތާއި ވީޑިއޯ އެއް ހަދާއިރު އެންމެ އުނދަގޫވާ ކަންކަން ވެސް ހިއްސާ ކޮށްފައެވެ.

"ފުރަތަމަ ހެދި ވީޑިއޯތައް އާއްމު ނުކުރަން. ޕްރައިވެޓް ކޮށްފަ ބެެހެއްޓީ. ހަމައެކަނި ގާތް މީހުންނަށް އެކަނި ފޮނުވީ. ފަހުން އެކަމަކު ދެން ވީޑިއޯތައް އެހެން މީހުންނަށް ވެސް ފެންނަ ގޮތަށް އާއްމުކުރީ. ވީޑިއޯ އެއް ޝޫޓްކުރަން އަސްލުގައި އެހާ އުނދަގުލެއް ނޫން. ވަރަށް އަވަހަށް ޝޫޓުކޮށް ނިމޭ. ގިނަ ވަގުތު ދަނީ ވީޑިއޯ އެޑިޓް ކުރުމަށް. އަޅުގަނޑުމެން ރިކޯޑު ކުރަނީ ޓިކްޓޮކް ކެމެރާއަކުން ނޫން، ހަމަ ފޯނުގައި އިންނަ ޑީފޯލްޓު ކެމެރާއިން. ޝޫޓުކޮށްފައި ފަހުން އަޑު އަޅާ އެޑިޓްކޮށް ހަދަނީ. އެކަމަށް ގިނަ ވަގުތު ދަނީ" އަޒޫ ކިޔައިދިނެވެ.

އަޒޫ އާއި އިއުފާ އާއްމުގޮތެއްގައި ކުޅެނީ އެއިރެއްގައި އެންމެ މަގުބޫލު، ނުވަތަ އެންމެ ހިނގާ ވީޑިއޯ އެކެވެ. ނަމަވެސް އަމިއްލަވަންތަކަން އެއަށް ގެނެސްގެން، މީހުން އެއަށް ބޮޑަށް ޝައުޤުވެރިވާނެ ގޮތް ހެދުމަށް ފަހުގައެވެ. މިދެބޭންގެ ޓިކްޓޮކް އަށް ގިނަ މީހުންގެ ތަރުހީބު ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް މިއީ އެވެ.

އާއްމުގޮތެއްގައި ރާއްޖޭގެ އެހެން ޓިކްޓޮކް ސްޓާރުންގެ ވީޑިއޯތަކާއި އަޅާބަލާއިރު، އަޒޫ އާއި އިއުފާގެ ވީޑިއޯތަކަށް ކޮމެންޓު ކުރާ ގިނަ މީހުން، ނެގަޓިވް ކޮމެންޓެއް ކޮށްފައި ހުންނަ ތަނެއް ނުފެނެއެވެ.

"ވަރަށް ނުކުރޭ މީހުން ނެގަޓިވް ކޮމެންޓެއް. ގިނަ މީހުން ބުނަނީ ހަމަ ވަރަށް ރީއްޗޭ ވަރަށް ތަފާތޭ ވީޑިއޯތައް، ވެދާނެ އަޅުގަނޑުމެންގެ ވީޑިއޯތަކުގައި ރަށްފުށުގެ ގޮތްގަނޑުވެސް ދައްކުވައިދީ، ތަފާތުކަމާއި އަމިއްލަވަންތަކަން ބޮޑަށް ގެނެސްދީފައި ހުންނާތީ ކަމަށް" އަޒޫ ބުންޏެވެ.

ޓިކްޓޮކްގައި މިހާ މޮޅަށް އެކްޓު ކުރާއިރު، އެކްޓިންގެ ދާއިރާއަށް ގޮސްފާނަންތޯ ސުވާލު ކުރުމުން އަޒޫ ބުނީ ފިލްމާއި ސީރީޒާއި ލަވަ ކުޅެން ބޭނުން ނުވާ ކަމަށެވެ.

"އެކަހަލަ ހިތެއް ނެތް ދުވަހަކު ވެސް ފިލްމީ ދާއިރާއަށް ވަންނާކަށް. އިޝްތިހާރު އެކަމަކު ހުންނާނެ ކުޅެފަ، ޓިކްޓިކް މެދުވެރިކޮށް އެކަމަކު އެވެސް. އިޝްތިހާރެއް ފަހުން ވެސް ކުޅެފާނަން ފިރިމީހާ އާއިވެސް އެއްކޮށް. އެކަމަކު ފިލްމީ ދާއިރާއަށް ދިޔުމުގެ ވިސްނުމެއް ނެތް" އަޒޫ ބުންޏެވެ.

އަޒޫ އަށް ވެސް ޓިކްޓޮކް ކުޅުމުގައި ދެމިހުރެވެނީ ބައެއްގެ ހިތްވަރާއި އެހީތެރިކަމާއެކުގައެވެ. އެގޮތުން އަޒޫ ވަނީ އެމީހުންގެ ނަންތައް ވެސް ފާހަގަ ކޮށްފައެވެ

"މަންމަ ވަރަށް ހިތްވަރުދޭ. މީހުންނަށް ވެސް ދައްކާނެ ވީޑިއޯތައް، ދެން ފިރިމީހާއާއި އިއުފާ ވެސް. ނުކުޅެން އުޅެފައި ވެސް ކުޅެދޭތީ ވަރަށް ބޮޑަށް ޝުުކުރިއްޔާ. ދެން އަޅުގަނޑުގެ ކަޒިން މަރީ އާއި ގާތް އެކުވެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ވަރަށް ޚާއްސަ ޝުކުރެއް އަޅުގަނޑުމެންގެ ފޭނުންނަށް. އެމީހުންގެ ސަބަބުން މިހިސާބަށް އާދެވިފައި މިހުރީ" އަޒޫ ބުންޏެވެ.

އަޒޫ ބުނިގޮތުގައި ރާއްޖޭގައި ޓިކްޓޮކް ކުޅޭ އެންމެންނަކީ ވެސް ވަރަށް ހުނަރުވެރި ބައެކެވެ. ކޮންމެ މީހަކުވެސް އެބައެއްގެ ހުނަރު ދައްކާލައެވެ. އެހުނަރުވެރިކަމަށް އަމިއްލަވަންތަކަން އިތުރު ކޮށްލައިފިނަމަ އިތުރު ފުރިހަމަކަން ލިބޭނެ ކަމަށް ވެސް އަޒޫ ބުންޏެވެ. ރާއްޖެއިން އަޒޫގެ އެންމެ މަގުބޫލު ޓިކްޓޮކަރ އަކީ "ޝާވީ" އެވެ.

  1. ހާދަ ބިރުވެރިއޭ!: ނަމާދު ނުކުރާ އަންހެނަކާ ހުރިހާ ވަގުތުތައް މިޔުޒިކަށް ހޭދަކުރި އަންހެނަކު މަރުވުމުން ވީގޮތުގެ ވާހަކަ

    – ނަމާދު ނުކުރާ އަންހެން މީހާ:

    6 ފިރިހެން ދަރިންގެ މަންމަ މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަކުރެވުނެވެ. ކޮނެފައިވާ ވަޅު ކައިރިއަށް ވަޅުލަން ގެންދެވުނެވެ. ނަމަވެސް އެތައް ބައަކު ހަށިގަނޑުގައި ހިފައިގެންވެސް ވަޅަށް ތިރިކުރަން ހަށިގަނޑު އުފުލި އަށިގަނޑުން އުފުލައިލެވޭނެ ގޮތެއް ނުވިއެވެ. އެތައް ފަހަރަކު މަސައްކަތްކުރުމުންވެސް މެއެވެ.

    އިމާމަކަށް ހުރި ޝައިޚަށް ގޮތް ހުސްވިއެވެ. ދުވަހަކުވެސް ކުރިމަތިވެފައި ނެތް މައްސަލައެއް ކުރިމަތިވުމުންނެވެ. އެންމެފަހުން ގޮތެއް ފެނޭތޯ އިތުރު ޝައިޚަކަށް ގުޅިއެވެ.

    ޝައިޚް ވެސް ވިދާޅަކީ ހައްލަކީ ކޮބައިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ޤަބުރު ކައިރީގައި ކީރިތި ޤްރްއާން ކިޔަމުން ގެންގޮސް ވަޅަށް ތިރިކުރެވޭތޯ މަސައްކަތްކުރުމަށް ލަފާދޭ ކަމަށެވެ.

    ޝައިޚަށް ކީރިތި ޤްރްއާނުން ހިތުން ކިޔަވަން އެނގޭ ހުރިހާ އާޔަތްތަކެއް ކިޔަވަމުން ގެންދާތާ އެތައް އިރަކުން ޤަބުރު ހިއްލައިލެވޭގޮތް ވިއެވެ. އެތައް މަސައްކަތަކުން ގެންގޮސް ވަޅަށް ތިރިކުރަނިކޮށް އެއިރު ހަށިގަނޑުގައި ހިފަހައްޓައިގެން ތިބި 3 ދަރިން ވަޅުގަނޑު ތެރެއަށް ވެއްޓުނެވެ. އެންމެ ފަހު ވަގުތުވެސް ވަޅަށް ތިރިވާން ޤަބުރު ދެކޮޅު ހެދުމުންނެވެ. އެރި ބާރުގަނޑެއްގެ ސަބަބުންނެވެ.

    އެތަނުން އެއް ދަރިއަކު މަންމަގެ މޫނު ބަލައިލަން ބޭނުންވިއެވެ. އެކަމަށް ހުއްދަ ދިނުމުން ބަލައިލިއެވެ. އެއާއިއެކު ތެދުވީ ބިރުން ތުރުތުރު އަޅަމުންނެވެ. ބާރަށް ރޮމުންނެވެ. މަންމަގެ މޫނު އެކުގައިވަނީ ކަޅުވެފައެވެ.

    – އަބަދު މިޔުޒިކްގައި ހޭދަކުރި އަންހެނާގެ ވާހަކަ:

    އޭނާއަކީ ވަކިދުވަހެއް ވަކި ވަގުތެއްވެސް ބެލުމެއް ނެތި ހަޔާތުގެ ހުރިހާ ވަގުތެއް މިޔުޒިކު އަޑުއެހުމުގައި ހޭދަކުރި އަންހެނެކެވެ.

    ޕާޓީއަކަށް ގޮސް އުޅުމުގެ ތެރޭގައި ނަށަން ވައްތަރެއް ޖައްސައިލިތަނާ ވެއްޓުނީ މަރުވެގެންނެވެ. ޑޮކްޓަރުންގެ ބެލުންތަކަށްފަހު ހިނަވަން ގެންދެވުނެވެ.

    ހިނަވަން ގެންދިއަތަނާ ކުއްލިއަކަށް ފެނުނީ އެއް އަތް އުނަގަނޑާއި ދިމާއަށް ގޮސް ހަރުލިތަނެވެ. ދެވަނައަތް މައްޗަށް އަރައި ކޮނޑާއި ދިމާއަށް ލެނބުނު ތަނެވެ. އެއްފައިގެ ފައިތިލަ ވެސް އޮރިއަކަށް ދަމައިގަތްތަނެވެ.

    އެ ޙާލަތުން ދެ އަތާއި ފައިތިލަ ބަދަލުކުރެވޭތޯ ހޫނުފެނުން ބޮނޑިތާންކުރުމުގެ އިތުރުން މުޅި ހަށިގަނޑު ހޫނު ފެނަށް ލައިގެންވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ބަދަލެއް ނުގެނެވުނެވެ. ވަޅުލަންޖެހުނީ އެ އޮތް ގޮތަށެވެ.

    ހަޤީޤަތުގައި މިވީ ގޮތަކީ ނަށަން އޭނާ ޖެއްސި ވައްތަރަށް ދެއަތާއި ފައިތިލަ ބަދަލުވީ އެވެ. އެކަން ރަނގަޅު ނުކުރެވުނީއެވެ.

    @Miadhu.mv

    • މީހެއް

      ތި ވާހަކަ އާ މިލިޔުމާ ކޮން ގުޅުމެއް؟

      • ާގަބެެ

        ނިތި ވާހަކަ އާ މިލިޔުމާ ކޮން ގުޅުމެއް؟

        • މުސްލިމެއް

          އެއީ ހަމަ ވަރަށް މުހިއްމު ހަނދާންކޮށްަދިނުމެއް. މުންކަރާތްތައް ނަހީކުރުމަކީ އޮތް ކަމެއް . އެވާހަކައިން ޢިބްރަތް ލިބިގަންނަމާ

      • ގުޅުން އެބަހުރި