ދުނިޔެ

ތުއްތުކުއްޖަކު ގެނބެނިކޮށް ސަލާމަތްކުރި 7 އަހަރުގެ ކުއްޖަކަށް ތައުރީފް އޮހެނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބަތަލަކަށްވުމަކީ ވަކި އުމުރެއްގައި ކުރެވޭ ކަމެއް ނޫނެވެ. މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އިންސާނިއްޔަތަށް ޓަކައި ކުރެވޭނެ އެންމެ މާތް މަތިވެރި ކަންތައްކަން ގައިމެވެ. މުހައްމަދު ލަތީފް ކިޔާ އިންޑިއާގެ 7 އަހަރުގެ ކުއްޖަކު މިވަނީ 3 އަހަރުގެ ކުއްޖަކު ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފައެވެ.

Ads by Sosun Fihaara

އިންޑިއާގެ 3 އަހަރުގެ ރާޒް ކުޅެން ހުރީ ކުރުމްބެރި ތަޒްހާ ނަަމަކަށް ކިޔާ ފެންގަނޑެއްގެ ކައިރީގައެވެ. އެ ފެންގަނޑު ކައިރީގައި ކުޅެން ހުއްޓާ ރާޒް ވަނީ ފެންގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ވެއްޓި ގެނބެމުންދާ މަންޒަރު ފެނުނީ އުމުރުން އެންމެ 7 އަހަރުގެ މުހައްމަދަށެވެ.

ހުދާ އިންގްލިޝް މީޑިއަމް ސުކޫލްގެ ގްރޭޑް 2 ގައި ތައުލީމު ހާސިލް ކުރާ މުޙައްމަދަށް ރާޒް ގެެނބެމުންދާތަން ފެނުމާއެކު ލަސްނުކޮށް އަވަހަށް މުހައްމަދު ވަނީ ފެންގަނޑަށް ފުންމާލާ އޭނާ ސަލާމަތް ކޮށްފައެވެ.

މުހައްމަދަށް ރާޒްގެ ބެލެނިވެރިން ވަނީ އެމީހުންގެ ދަރިފުޅު ސަލާމަތް ކޮށްދިނީތީ ޝުކުރު އަދާކޮށްފައެވެ.އަދި މީސްމީޑިއާއި މީޑިއާގެ އެހެނިހެން ވަސީލަތްތަކުގައި މުހައްމަދަށް ދަނީ ތައުރީފް އޮހެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!