ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 9 އިން މެންދުރު 1 ކަމަށް ކަނޑައަޅައިފި

މި އަހަރުގެ ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރަށް ކަމަށް ރައީސް އޮފީހުން ކަނޑައަޅައިފި އެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި 2022 ގެ މާޗު މަހުގެ 6 އެއްގައި އެކަމާ ބެހޭ ދެންނެވުމެއް ނެރުއްވައިފައިވެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުވާނެ އެވެ.

Ads by HDC