ލައިފްސްޓައިލް

ދަރިފުޅުގެ ޖިންސު ބަލަން ވެގެން އިންޑިއާ މީހަކު އަނބިމީހާގެ ބަނޑުފަޅާލަން އުޅެފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އުއްތަރަ ޕްރަދޭޝް،އިންޑިއާ: އަނބިމީހާގެ ބަނޑުގައި އޮތީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ބަލަން އޭނާގެ ފިރިމީހާ އަނބިމީހާގެ ބަނޑު ފަޅާލަން އުޅެފިއެވެ.

Ads by STELCO

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި ޕަންނާލާލް ނަމަކަށް ކިޔާ އެމީހާ މާބަނޑު އަނބިމީހާގެ ބަނޑުފަޅާލާ ކުއްޖާގެ ޖިންސު ބަލަން ބޭނުންވީ ފިރިހެން ކުއްޖަކުތޯ ބެލުމަށެވެ. މިހާރު އޭނާގެ ތިބެނީ ފަސް އަންހެން ކުދިންކަމަށް ވުމުން އޭނާ އިންތިޒާރު ކުރަމުން ދިޔައީ ފިރިހެން ކުއްޖަކަށް ކަމަށް ވެސް އާއިލާ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ޕަންނާލާލް ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން އޭނާގެ އަނބިމީހާގެ ބަނޑު ކަފާލާފައި ކަމަށެވެ. އަދި ބަނޑަށް ހަ މަސް ވެފައިވާ އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އާއިލާ މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ޕަންނާލާލް ހައްޔަރުކޮށްފައި ވާ ކަމަށާއި މައްސަލައިގެ އިތުރު ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!