ކޮވިޑް ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެއްޖެ، މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާށި!
ކޮވިޑް19 ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު 34 އަށްވަނީ އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ހާއްސަ ހުޅުމާލެ ކޮވިޑް ފެސިލިޓީ ގައި ފަރުވާ ދެމުންދިޔަ ދިވެއްސެއް ރޭ ދަންވަރު ނިޔާވެފައިވާ ކަމަށާއި އެއީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 75 މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މިހާތަނަށް ޖުމްލަ 9724 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އަދި 8261 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
Ads by Allied Insurance