ޚަބަރު

ޖެނެރޭޓަރު ގެނަޔަސް ކަރަންޓުގެ މައްސަލަ ހައްލެއް ނުވޭ: އައްޑޫގެ މޭޔަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވެގެން އޭގެ ބަދަލުގައި 1.8 މެގަވޯޓްގެ އާ ޖެނެރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފެށި ނަމަވެސް ކަރަންޓުގެ މައްސަލަ ހައްލު ނުވާ ކަމަށް ވިދާޅުވެ އައްޑޫގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

އައްޑޫގެ ވެރިރަށް ހިތަދޫއާއި އެ ރަށާ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާުކުވެފައިވާތީ މިދިޔަ ހަފްތާގައި ވަނީ 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް މާލެއިން ގެންގޮސްފަ އެވެ.

އައްޑޫގެ މޭޔަރު އެކްސްގައި ވިދާޅުވީ މާލެ އިން ގެނައި ޖަނަރޭޓަރުން ކަރަންޓު ދޭން ފެށި ނަމަވެސް އަދި ވެސް ބޭނުންވާ ސްޕެއާ ނުލިބި ދެ ޖެނެރޭޓަރު އޮތީ ހުއްޓިފައި ކަމަށެވެ. އަދި އެއާއެކު ގަޑިއަކުން ގަޑި އަކުން އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓް ކަނޑަމުންދާކަން ކަން ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.

"ރޯދަ މަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ އަދި ހައްލެއް ނުވާނެ. ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް، ދައުލަތުން ހަރަދު ކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ހާލަތުގައި." މޭޔަރު ވިދާޅުވި އެވެ.

އައްޑޫގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކައިން މީގެ ކުރިން ބުނި ގޮތުގައި

  • ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ދަނީ ހިންގަމުން
  • ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް ނިމިގެން ދިޔަ ހަފުތާގައި ނިޔަލަށް ހިންގަން ފަށަން ދިޔައީ މަސައްކަތް ކުރަމުން.
  • ބޭރުން ސްޕެއަ ގެނެސްގެން 3 ވަނަ ޖެނެރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަަހުމަދު އަޒާން މިދިޔަ މަހު ވަނީ ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން ވެސް އެދިވަޑައިގެންފަ އެވެ.

އަޒާން ތުހުމަތު ކުރެއްވި ގޮތުގައި ޖެނެރޭޓަރުތަކަށް ބޭނުންވާ ސްޕެއާތައް ނުލިބި ލަސްވަނީ ފެނަކައިގެ އިސްވެރިންގެ ފަރުވާ ކުޑަކަމުން ނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!