ލައިފްސްޓައިލް

ބަނޑު ދިޔާވާނަމަ މި އެއްޗެހި ނުކާތި!

ދެން އެމްވީ ، ދެން އޮންލައިން

ބަނޑު ދިޔާވުމަކީ ނުވަތަ ގިނަގިނައިން ފާހާނާއަށް ދާން ޖެހުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކިއެކި ސަބަބުތަކަށް ޓަކައެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހަށިގަނޑަށް ހަކުރު ލިބޭ މިންވަރު އިތުރު ވެއްޖެ ނަމަ ބަނޑު އިތުރަށް ސަކަރާތް ވާ ކަމެވެ. މިސާލަކަށް، ސައި ތައްޓެއްގައި އޭގެ ތިން ޕަސެންޓަށް ވުރެ އިތުރަށް ހަކުރު ހުރުމެވެ.

ބަތް ކާން ވާނީ "ޕްލެއިން ރައިސް" ނުވަތަ އެއަށް އިތުރު ގޮތެއް ނުހަދައި "ހުދު ބަތު"ގެ ގޮތުގައެވެ. ފްރައިޑް ރައިސް ފަދަ ކެއުންތަކާ ދުރުވާށެވެ. އަދި މާޝްޑް ޕޮޓޭޓޯ ކެއުމުގެ ބަދަލުގައި އަލުވި އަށް ވެސް އިތުރު އެއްޗެއް ނާޅައި ނުވަތަ އިތުރު ގޮތެއް ނުހަދައި ކާށެވެ. ސަބަބަކީ ހަޖަމު ކުރަން ފަސޭހަ ވާނީ އެއިރުންނެވެ. ތާޒާ އާފަލު ކެއުމުގެ ބަދަލުގައި އާފަލު ކައްކައިގެން ކާށެވެ. އޭގައި ހުންނަ ޕެކްޓިން އާއި ހަކުރާއި އެހެނިހެން މާއްދާތައް ހަޖަމު ކުރަން ފަސޭހަ ކުރުމަށެވެ.

ބޭރަށް ހިންގުން އާދަޔާހިލާފަށް ގޯސް ނަމަ، ޑައެރީ ކާބޯތަކެތި ނުވަތަ ކިރުގެ ބާވަތްތައް އެކުލެވޭ އެއްޗެހި ނުކާށެވެ. ނަމަވެސް މި ކަމުން އިސްތިސްނާ ވަނީ ޔޯގަޓެވެ. ކުކުޅު ނުވަަތަ އެހެން އެއްގަމު މަހެއް ކާ ނަމަ، ސްޓީމް ކޮށްގެން ކާށެވެ. އެއިރުން އޭގައި ހުންނަ ޕްރޮޓީން ހަޖަމު ކުރަން ފަސޭހަ ވާނެއެވެ. ބަޓަރާއި ފެޓުގައި ތެއްލައި ނުވަތަ ފްރައި ކޮށްފައިވާ ކުކުޅު ނުކާށެވެ. ސަބަބަކީ ބަނޑުދިޔާވުމުން ނާޒުކުވެފައިވާ ހަޖަމު ކުރުމުގެ ނިޒާމަށް، އެކަން ބަރުދާސްތު ނުކުރެވޭނެތީއެވެ.

ބަނޑުދިޔާވުމުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ފައިބައިގެން ދާތީ ހަށިގަނޑު އަލުން "ރީހައިޑްރޭޓް" ކުރުމަށްޓަކައި ލޮނު ޕެކެޓު ފެނަށް އަޅައިގެން ބުއިން މުހިންމެވެ. މިއިން ކޮންމެ ޕެކެޓެއްގައި ލޮނާ މަސްހުނިކޮށްފައި ހަކުރު ހުންނަނީ ބަނޑު އިތުރަށް ދިޔާ ނުވާނެ މިންވަރަށެވެ. އޭގައި ހަކުރު ހުންނަނީ ހަށިގަނޑަށް ހަމައެކަނި ބޭނުންވާ މިންވަރަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!