ޚަބަރު

1300 އަށް ވުރެ ގިނަ ސާމްޕަލް، ފައްސިވީ 43 މީހުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި 1300 އަށް ވުރެ ގިނަ ސާމްޕަލް ގެ ތެރެއިން ފައްސިވެފައި ވަނީ އެންމެ 43 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުން މަދުވެ، ފަސޭހަވާ މީހުން އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އިއްޔެ ބައްޔަށް 43 މީހަކު ފައްސިވިއިރު، ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 15 ބިދޭސީއެކެވެ. އިއްޔެ ފައްސިވީ މީހުންނާއެކު ރާއްޖެއިން ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 9770 އަށް އަރާފައެވެ.

އަދި މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 1,346 މީހަކު އެބަތިއްބެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 1303 ގައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 692 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 96 މީހުންނެވެ.

އިއްޔެ ބަލިން ރަނގަޅުވި 129 މީހުންނާއެކު، ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 8،390 މީހުންނެވެ.

އަދި ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 34 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!