ކުރީގެ އެންމެ ބަރުމީހާ ކޮވިޑުން ފަސޭހަ ވެއްޖެ

ދުނިޔޭގެ އެންމެ ބަރު މީހާގެ ރެކޯޑް 2017 ވަނަ އަހަރު ލިބުނު މެކްސިކޯގެ ހުއާން ޕެޑްރޯ ފްރޭންކޯ ، ކޮވިޑް19 އިން ފަސޭހަ ވެއްޖެއެވެ.
އާންމު ޕޯލަރ ބެއާއަކަށްވުރެ ބަރު ހުއާންގެ ބަރުދަނުގައި އޭރު 595 ކިލޯ ހުރެއެވެ. ނަމަވެސް ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ކުރިމަތި ވުމުން 36 އަހަރުގެ ހުއާން ވަނީ ބަރުދަން ލުއިކުރުމުގެ ސާޖަރީކޮށް އަދި ޑައިޓް ބަދަލުކޮށް ވަރަށް ބޮޑަށް ލުއި ކޮށްފައެވެ. މިހާރުގެ އޭނާގެ ބަރުދަނަކީ 208 ކިލޯއެވެ.
ހުއާން ބުނީ ކޮވިޑް ޖެހިގެން އޭނާގެ ބޮލަށާއި ހަށިގަނޑަށް ތަދުވި ކަމަށެވެ. އަދި ހުން އައިސް ނޭވާލާން ވެސް ދަތިވިކަމަށް އޭނާ ބުނެފައި ވެއެވެ.
ހުއާން ނިސްބަތްވާ މެކްސިކޯ އަކީ ކޮވިޑް ޖެހިގެން ހަތަރުވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގައުމުން ހަލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު 70 ހާސް މީހުން މަރުވެފައި ވެއެވެ.