ޚަބަރު

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް އެޗްޑީސީން އިން ނިންމައިފި އެވެ.

Ads by STELCO

"މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ އެ ފެސްޓިވަލް 10 މެއި 2025 އިން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައްވެސް ހިމެނޭނެކަމަށް ވެސް އެ ކުންުފުނިން ބުންޏެވެ.

21 ވަނަ އަހަރީ ދުވަހުގެ ބައެއް ހަރަކާތްތައް:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކާނިވަލް
  • ހުޅުމާލޭ ޑިސްކައުންޓް ވީކް
  • ހެލްތް ކޭމްޕް
  • ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް

Ads by HDC