ލައިފްސްޓައިލް

ބަނޑުހައި ވުމުން ރުޅި ގަދަވޭތަ؟ މިއޮތީ ސަބަބު

ދެން އެމްވީ ، ދެން އޮންލައިން

ބަނޑުހައިވެފައި ހުންނައިރު ފަސޭހައިން ރުޅި އަންނަކަން އެންމެން ވެސް ގަބޫލުކުރެއެވެ. އެކަމަކު ބައެއް މީހުންނަކީ ހައިވުމާ އެކު އާދަޔާ ޚިލާފަށް ރުޅި އަންނަ މީހުންނެވެ. ބަނޑުހައި ވުމާއި ރުޅި އައުމާ ގުޅެނީ ކިހިނެއް ހެއްޔެވެ؟

Ads by MWSC

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ހަށިގަނޑަށް ބޭނުންވާ ކާނާ މަދުވުމުން ހަށިގަނޑު އެ ކަމަށް އިޖާބަދޭ ގޮތެކެވެ.

އެގޮތުން ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓާއި އެހެން މާއްދާތައް ވެސް ހަކުރު ނުވަތަ ގުލްކޯޒްގެ ގޮތުގައި ހަކަތައަށް ބަދަލުވެއެވެ. މި ހަކަތަ ލޭގެ ތެރެއިން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ޓިޝޫތަކަށް ފޯރައެވެ.

ކެއުމަށް ފަހު ގިނައިރު ވަމުންދާ ވަރަކަށް، ލޭގައި ހުންނަ ނިއުޓްރިއަންޓްސްގެ މިންވަރު ވެސް ދަށްވަމުން ދެއެވެ. އަދި ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ވަކި ވަރަކަށް ވުރެ ދަށް ވެއްޖެ ނަމަ ސިކުނޑިން އެކަން ނަގަނީ ފުރާނައަށް ނުރައްކާ ވަރުގެ ކަމެއްގެ ގޮތުގައެވެ. ގުލްކޯޒްގެ މިންވަރު ދަށްވުމުން ސިކުނޑި އެކަން އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގަނީ އެހެން ގުނަވަންތައް ހިންގުމަށް އެކި ބާވަތުގެ ނިއުޓްރިއަންޓްސް ބޭނުންވާއިރު ސިކުނޑީގެ މަސައްކަތަށް ބޭނުންވަނީ ގުލުކޯޒް ކަމުގައި ވާތީއެވެ.

ބަނޑުހައި ވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލާ އެކު، ސިކުނޑި ވަރަށް ބޮޑަށް "ސީރިއަސް"ވެއެވެ. އެހެންވެ ފަސޭހައިން ރުޅި ވެސް އަންނަނީއެވެ. ނިއުޓްރިއަންޓްސް މަދުވުމުން ނުވަތަ ގުލްކޯޒް މަދުވުމުން ވެސް ހަށިގަނޑުން އަވަސްވެގަންނަނީ ހަށިގަނޑު ނިކަމެތި ވުމުގެ ކުރިން އެ ބައިތައް ހޯދުމަށެވެ. ހަށިގަނޑު ސަލާމަތް ކުރުމަށެވެ. ރުޅި އަކީ މި ހާސްކަމުގެ ތެރޭގައި ސިކުނޑިން އުފައްދާ އިހްސާސެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!