ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށިން ފަސް އަހަރުގެ ކުޑަކުއްޖަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށިން ފަސް އަހަރުގެ ކުޑަ ކުއްޖަކު ކޮވިޑް19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

މިއީ އެރަށުން ކޮވިޑަށް ފައްސިވީ ދެވަނަ ކޭސް އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ކުޅުދުއްފުށިން ދެވަނައަށް ފައްސިވެފައި ވަނީ އުމުރުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެއްކަން ވެސް އެނގިފައިވެއެވެ.

ކޮވިޑް-19 އަށް އެކުއްޖާ ފައްސިކަން އެނގުނީ، ކަރަންޓީނުގެ މުއްދަ ހަމަވުމުން ބަލި ހުރިތޯ ބެލުމަށް ނެގި ސާމްޕަލުންނެވެ.

ކޮވިޑަށް މިކުއްޖާ ފައްސިވި ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައި ނުވާކަން އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިކުއްޖާ ކޮވިޑް-19 އަށް ފައްސިވިއިރު، ހޯމް ކަރަންޓީނުގައި އޭނާ ހުރީ މަންމަ އާއި ދެ އަހަރުގެ އެހެން ކުއްޖަކާއެކު ގައެވެ. ނަމަވެސް އެދެމައިންގެ ސާމްޕަލް ވަނީ ކޮވިޑަށް ނައްސި ވެފައެވެ.

ކުޅުދުއްފުށިން ފުރަތަމަ ފައްސި ވެފައިވަނީ ބޯޓެއްގެ ކައްޕިއެއްކަން ވަނީ އެނގިފައެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ. އެރަށުން ރޭގައި ފެނުނު ފުރަތަމަ ކޭސް އާއި ގުޅިގެން މިހާރު ކުޅުދުއްފުށްޓާއި ހދ. ނޮޅިވަރަމް ވަނީ ކަރަންޓީނަށް ލާފައެވެ. އަދި އެދެރަށުގައި ކޮންޓެކްޓް ޓްރޭސިންގ ވެސް ދަނީ ހަދަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!