ދުނިޔެ

ގޫގުލް މެޕުން ކޮވިޑްގެ ހާލަތު މިހާރު ބުނެދޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެކި ސަރަހައްދުތަކުގައި ކޮވިޑް19 ގެ ބަލިމަޑުކަން އޮތް މިންވަރު އަންގައިދޭ ފީޗާއެއް ގޫގުލް މެޕުން ހިމަނައިފިއެވެ.

Ads by Sosun Fihaara

މިފީޗާއިން ދައްކާ ގޮތުގައި އެކި ސަރަހައްދުތަކުގައި މި ބަލިމަޑުކަމުގެ އޮތް ނުރައްކާ މިންވަރު ބުނެދެއެވެ. އެގޮތުން ހަ ކުލައެއް ހިމަނާ ، އެ ހަ ކުލައިން ހަތަރު ހާލަތު އަންގައިދެއެވެ. އެ ހަތަރު ހާލަތަކީ:

އަޅިކުލަ: (ބަލިމަޑުކަން ނެތް ތަންތަން)

ރީދޫ: (1 އާއި 10 އާ ދެމެދުގެ އަދަދެއްގެ ބަލި މީހުން އުޅޭ ތަންތަން)

މަޑު އޮރެންޖު: (10 އާއި 20 އާ ދެމެދުގެ އަދަދެއްގެ ބަލި މީހުން އުޅޭ ތަންތަން)

ގަދަ އޮރެންޖު : (20 އާއި 30 އާ ދެމެދުގެ އަދަދެއްގެ ބަލި މީހުން އުޅޭ ތަންތަން)

މަޑު ރަތް : (30 އާއި 40 އާ ދެމެދުގެ އަދަދެއްގެ ބަލި މީހުން އުޅޭ ތަންތަން)

ގަދަ ރަތް : (40 އިން މަތީ އަދަދެއްގެ ބަލި މީހުން އުޅޭ ތަންތަން)

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި ގޫގުލް މެޕް މިހާރު ސަޕޯޓްކުރާ 220 ގައުމުގެ ކޮވިޑްގެ ހާލަތު މިހާރު މި ކުލަތަކުގެ ޒަރީއާއިން ބަލާ ލެވޭނެއެވެ. ގޫގުލް އިން މިހާރު ދަނީ ކޮވިޑް ކޭސްތަކުގެ ސީދާ އަދަދުތައް ވެސް މެޕުން ފެންނަ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!