ޚަބަރު

މިއަދު ބޮޑު އާގުބޯޓެއް، މާދަން ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުން : ޝުޖާއު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު

މިއަދު އިންޑިއާ އިން ރާއްޖެއަށް ބޮޑު އާގުބޯޓެއް އައި ކަމުގައި ވިޔަސް މާދަމާ އަންނާނީ މަތިމަސް ލީ އިންޑިއާ ފިރިހެނުން ދިވެހި ކަނބަލުން ކައިރިއަށް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިއަދު ހެނދުނު ހދ.ކުޅުދުއްފުށި ކައިރީގައި އިންޑިއާގެ ކޮޗިންގެ ފެރީ ބަނދަރު ކޮށްފައި ވަނިކޮށް އިދިކޮޅު ކޯލިޝަނުން ވަނީ ހަވީރު ޖަލްސާއެއް ބާއްވާފައެވެއަދި މި ޖަލްސާގައި އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުން ވަނީ ފެރީ އަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. 

ޕީޕީއެމް އޮފީހުގައި އޮތް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މިއަދު އިންޑިއާ ރާއްޖެއަށް މާސިންގާ އާގުބޯޓެއް އަޔަސް، އެއާ ބަބްލް އަކުން މާދަމާ އަންނާނީ ދިވެހި އަންހެން ކަނބަލުން ކައިރިއަށް މަތިމަސްލީ މީހުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކްސްޕޯޓު ތަފާސް ހިސާބުތަކަށް ބަލާއިރުގަ އިވެސް އިންޑިއާއިން ރާއްޖެއަށް ގެންނަނީ މަދު މުދާތަކެއް ކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މި ފެރީން މާގިނަ މުދާ ނުގެނެވޭނެކަން މާކުރިން ވެސް ގަބޫލު ކުރެވުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އިންޑިއާއިން ގެންނަ މުދާ ތިލަވާން ޖެހޭނެ ކަން ފާހަގަކޮށް މިއަދު ބޯޓުން ގެނައި ހުރިހާ އެއްޗެއް މީޑިއާ އަށް ދެއްކުމަށް ޝުޖާއު ވަނީ ގޮވާލާފައެވެ.

 

 

  1. އައްޔަ

    ސުޖާގެ އަންހެނުން އަނެއްކާ އިންޑިއާ މަތިމަސްލީ މީހެއް ކައިރިއައް ދިއައީބާ