ޖަޕާނުގެ އެކްޓްރެސްއެއްގެ މަރު، މިއީ މިމަހު އަމިއްލައަށް މަރުވި އޭޝިއާގެ ތިންވަނަ ސެލެބްރިޓީ

ޖަޕާނުގެ މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ޔޫކޯ ޓަކެޗީ ދަން ޖެހިގެން މަރުވެއްޖެއެވެ.
ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މިއަދު ، ޔޫކޯގެ ކޮޓަރީގައި އޭނާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ފިރިމީހާއަށެވެ. ފިރިމީހާ ޓައިކީ ނަކަބަޔާޝީއަކީ ވެސް ޖަޕާނުގެ މަޝްހޫރު އެކްޓަރެކެވެ.
ޔޫކޯއަކީ ދެކުދިންގެ މަންމައެއް ކަމަށާއި ހަގު ދަރިފުޅުގެ އުމުރުން އަދި އެންމެ 9 މަސް ކަމަށް ވެސް މީޑިއާތައް ވަނީ ރިޕޯޓް ކޮށްފައެވެ.
ޔޫކޯގެ މަރަކީ އޭޝިއާގެ ސެލެބްރެޓީންގެ ތެރެއިން ހިނގަމުން މިދާ ސެޕްޓެމްބަރ މަހު އަމިއްލައަށް މަރުވި ތިން ވަނަ މީހާއެވެ. މިމަހުގެ 14 ވަނަ ދުވަހު ވަނަ ޖަޕާނުގެ އެކްޓްރެސް ސެއި އަޝިނާ އާއި ކޮރެޔާގެ އެކްޓްރެސް އޯއިންހެޔި ވަނީ އަމިއްލައަށް މަރުވެފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ޓައިވާންގެ އެކްޓަރެއް ކަމަށްވާ އެލިއެން ހުއަންގުގެ މަރާ ގުޅިގެން ވެސް ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ފެންމަތި ވެފައިވެއެވެ.