ޚަބަރު

މަންމަ ކޮވިޑަށް ފައްސިވެ، ހަސަން ލަތީފު ކަރަންޓީނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ މަންމަ ކޮވިޑް-19 އަށް ފައްސިވެ، ހަސަން ލަތީފު ކަރަންޓީނު ވާން ޖެހިއްޖެއެވެ.

Ads by MWSC

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މަންމަ ކޮވިޑް-19 އަށް ފައްސިވުމާއެކު އައިސޮލޭޝަން ފެސިލިޓީއަކަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އަދި އޭނާ ކޮވިޑަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ނައްސި ވެފައިވާ ކަން ފާހަގަކޮށް، ހަސަން ލަތީފު ވިދާޅުވީ އޭނާ އަކީ ޑައިރެކްޓު ކޮންޓެކްޓަކަށް ވުމުން މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނުގައި ކަމަށެވެ.

ހަސަން ލަތީފު މިކަން ޓްވިޓާގައި ހިއްސާ ކުރެއްވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ މަންމަ އަށް އަވަސް ޝިފާ އަކަށް އެދެމުންނެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!